ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 17:03
ރާއްޖޭގެ އަންހެން ޓީމު
ރާއްޖޭގެ އަންހެން ޓީމު
އެމްއޯސީ
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
ޔޫގާންޑާ ބަލިކޮށް، ރާއްޖޭގެ ޓީޓީ އަންހެން ޓީމު ސެމީއަށް
ގްރޫޕްގެ ފަހު މެޗުގައި ރާއްޖެއިން ޔޫގާންޑާގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުން

ތުރުކީގެ ކޮންޏާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް (ޓީޓީ) އަންހެން ޓީމު އިވެންޓުގައި، ޔޫގާންޑާ ބަލިކޮށް ރާއްޖެއިން ސެމީ ފައިނަލްގެ ފުރުސަތު ހޯދައިފިއެވެ.

ރާއްޖެ ހިމެނުނު ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ ޖިބޫޓީ ބަލިކޮށްފައެވެ. ދެ ވަނަ މެޗުގައި ވަރުގަދަ ތުރުކީގެ އަތުން ބަލިވިނަމަވެސް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފަހު މެޗުގައި ޔޫގާންޑާ އަތުން ރާއްޖެ މޮޅުވީ ސީދާ ތިން ގޭމުންނެވެ.

މެޗުގެ ފުރަތަމަ ގޭމު ރާއްޖެއަށް ލިބުނީ ޔޫގާންޑާ ޓީމުގެ ކުޅުންތެރިޔަކު މަދުވުމުންނެވެ. އެ ޓީމުގައި ހިމެނުނީ ދެ ކުޅުންތެރިންނެވެ. ދެ ވަނަ ސިންގަލްސްގައި ރާއްޖޭގެ ދީމާ ވަނީ ސީދާ ތިން ސެޓުން ގޭމު ކާމިޔާބުކޮށްފައެވެ. އެއީ 11-02، 11-04 އަދި 11-02ންނެވެ.

ފަހު ގޭމުގެ ޑަބަލްސްގައި ރާއްޖެއިން ނިކުތީ ދީމާއާއި އާއިޝަތު ރަފާ ނާޒިމްއެވެ. މި ގޭމުވެސް ރާއްޖެއިން ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. އެއީ 11-05، 11-06 އަދި 11-04ންނެވެ.

- ކޮމެންޓް