ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 15:49
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު އިމާރާތް އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު އިމާރާތް އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން
އެމްޓީސީސީ
އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތް
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު އިމާރާތް އެޅުމަށް ހަވާލުކޮށްފި
މި މަޝްރޫއުގެ އަގަކީ 138.67 މިލިއަން ރުފިޔާ
އޮފީސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 6 ފަންގިފިލާއަށް

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 6 ފަންގިފިލާގެ އައު އިމާރާތެއް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ސޮއިކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ކޯޕަރޭޓް ސަރވިސަސް ނިޝްފާ ފިރާގެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭނުމަށް ތަރައްގީކުރެވޭ މި އިމާރާތަކީ، 17،426.40 އަކަފޫޓުގެ ސަރަހައްދެއްގައި ޖުމުލަ 77،718.10 އަކަފޫޓުގެ ޖާގަ ލިބޭގޮތަށް ތަރައްގީކުރެވޭ އިމާރާތެކެވެ. ހަ ފަންގިފިލާގެ މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނާނެއެވެ. 138.67 މިލިއަން ރުފިޔާގެ މި މަޝްރޫއު 730 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

- ކޮމެންޓް