އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް (ޓީޓީ) ޓީމު އިވެންޓުގެ ފަހު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖޭގެ ފިރިހެން ޓީމަށް ގޭމްސް ނިމިއްޖެއެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ސީދާ ތިން ގޭމުން އީރާން އަތުން ބަލިވެފައެވެ. ގްރޫޕް ސްޓޭޖު ފަހު މެޗުގައި ބަންގްލަދޭޝް އަތުން ބަލިވީ ތިން ގޭމު ދެ ގޭމުންނެވެ.
މެޗުގެ ފުރަތަމަ ދެ ގޭމު ކާމިޔާބުކުރީ ބަންގްލަދޭޝް އިންނެވެ. ފުރަތަމަ ގޭމުގައި ރާއްޖޭގެ ޒީސްތު ވަނީ ތިން ސެޓު އެއް ސެޓުން ބަލިވެފައެވެ. އެއީ 11-08، 11-07 އަދި 11-09 އިންނެވެ. ދެ ވަނަ ގޭމުގައި ރާއްޖޭގެ މޫސާ މުންސިފް ބަލިވީ ތިން ގޭމު އެއް ގޭމުންނެވެ. އެއީ 11-05، 11-07، 08-11، އަދި 11-02 އިންނެވެ.
ބަންގްލަދޭޝް އިން ދެ ގޭމު ކާމިޔާބުކޮށްފައި ވަނިކޮށް ތިން ވަނަ ގޭމަށް ނިކުމެ ރާއްޖޭގެ މުންސިފާއި އިސްމާއިލް ޝައްފާން ވަނީ ގޭމު ކާމިޔާބުކޮށްފައެވެ. ރާއްޖެއިން މި ގޭމު ކާމިޔާބުކުރީ ތިން ގޭމު އެއް ގޭމުންނެވެ. އެއީ 11-09، 07-11، 11-02 އަދި 11-06 އިންނެވެ. އުންމީދު ހޯދައި ރާއްޖެއިން ވަނީ ހަތަރު ވަނަ ގޭމު ވެސް ކާމިޔާބުކޮށްފައެވެ. އެއީ ރާއްޖޭގެ ޝައްފާން ކުޅުނު ގޭމެވެ. މި ގޭމު އޭނާ ސީދާ ތިން ސެޓުން ކާމިޔާބުކުރީ 11-09، 11-05 އަދި 12-10 އިންނެވެ.
ނަތީޖާ ނެރުމަށް ކުޅުނު ގޭމުގައި ރާއްޖެއިން ވަނީ ބަލިވެފައެވެ. އެއީ ސީދާ ތިން ސެޓުންނެވެ. މި ގޭމުގައި ރާއްޖޭގެ ޒީސްތުގެ މައްޗަށް ބަންގްލަދޭޝްގެ ކުޅުންތެރިޔާ ކުރި ހޯދީ 11-06، 12-10 އަދި 11-09 އިންނެވެ.