Advertisement
ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 12:39
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
އެމްޑީޕީގެ ކޮންގްރެސް
އަސާސީ ގަވާއިދު ބުނާގޮތުން ރިޔާސީ ޓިކެޓް ލިބޭނީ ޕްރައިމަރީއަކުން: އެމްޑީޕީ
ޕްރައިމަރީ އޮންނާނެ ތާރީހު އިއުލާން ކުރާނީ ޗެއަރޕާސަން
ޕްރައިމަރީއާ ގުޅޭގޮތުން އިސްލާހެއް ހުށަހަޅާފައި ނުވޭ
އަސާސީ ގަވާއިދުގައި ބުނާ ގޮތުން އެމްޑީޕީގެ ޓިކެޓް ދޭނީ ޕްރައިމަރީއަކުން

އެމްޑީޕީގެ އަސާސީ ގަވާއިދު އަދި އޮތް ގޮތުން އެ ޕާޓީގެ ރިޔާސީ ޓިކެޓް ދެވޭނީ ޕްރައިމަރީއަށް ބޭއްވުމަށްފަހު ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއަރޕާސަންގެ ނައިބުގެ މަގާމަށް އިންތީޚާބުވެފައިވާ އިބްރާހިމް ވަހީދު ވިދާޅުވީ ރިޔާސީ ޓިކެޓް ދޭގޮތް ބަދަލު ކުރާނަމަ އަސާސީ ގަވާއިދަށް އިސްލާހު ގެންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެފަދަ އިސްލާހެއް ހުށަހަޅާފައި ނުވާ ކަމަށާއި އިސްލާހު ހުށަހެޅުމުގެ މުއްދަތުވެސް ހަމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

އިބްރާހިމް ވަހީދު ވިދާޅުވީ އަސާސީ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ހިންގުމުގައި ހުރި ދަތިތަކާ ގުޅޭ އިސްލާހުތައް ކަމަށެވެ. އަދި ޕާޓީގެ ރައީސްއާއި ޑެޕިއުޓީ ޗެއާޕާސަން ހޮވުމާ ގުޅޭ އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށާއި ނައިބު ރައީސްއަކީ ޤައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަންކޮށްފައިވާ ބޭފުޅަކަށް ހެދުން ފަދަ އިސްލާހުތައް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަސާސީ ގަވާއިދުގެ އިސްލާހެއް ހުށަހެޅިފައެއް ނެތް. އިސްލާހު ހުށަހެޅުމުގެ ފުރުސަތުވެސް މިއޮތީ ބަންދުވެފައި. އަސާސީ ގަވާއިދުގައި އޮތީ ރިޔާސީ ޕްރައިމަރީއެއް ބާއްވަން،
އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު (އިލެކްޓް) އިބްރާހިމް ވަހީދު

އެމްޑީޕީ އަސާސީ ގަވާއިދުގައި ބުނާ ގޮތުން އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ފިޔަވައި އެހެން ހުރިހާ އިންތިޚާބެއް އިއުލާން ކުރާނީ އެ ޕާޓީގެ ޗެއާޕާސަންއެވެ. ރިޔާސީ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީ އިންތިޚާބު މާލަސްތަކެއް ނުވެ އިއުލާން ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓަކާ ގުޅޭގޮތުން ގިނަ ބަޔަކު ޚިޔާލު ފާޅުކުރަމުން އަންނައިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުއަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ރައީސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި އެޕާޓީގެ ޓިކެޓުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވެފައެވެ.

އެމްޑީޕީގެ ކޮންގްރެސް މި މަހުގެ 19 އިން 21 އަށް ބާއްވަން ވަނީ ތަވާލުކޮށްފައެވެ. މި ކޮންގްރެސްގައި އެ ޕާޓީގެ ހިންގާ ގަވާއިދަށް ބަދަލު ގެނައުމަށް ވަނީ އިސްލާހުތައް ހުށަހަޅައިފައެވެ. އަދި ޤާނޫނު އަސާސީއާއި ވެރިކަމުގެ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް