ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 08:38
ވާނާ ލައިޕްޒިގަށް ދެވަނަ ފަހަރަށް ސޮއިކުރުމަށްފަހު: ފޮޓޯ-ލައިޕްޒިގް ޓްވިޓަރ
ވާނާ ލައިޕްޒިގަށް ދެވަނަ ފަހަރަށް ސޮއިކުރުމަށްފަހު: ފޮޓޯ-ލައިޕްޒިގް ޓްވިޓަރ
ޓްރާންސްފަރ
ވާނާ އެނބުރި ލައިޕްޒިގަށް
 
އަލުން ކުރީގެ ކްލަބާ ގުޅުނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައި

ފަސް އަހަރުގެ އެއްބަސްވުމެއްގައި ޗެލްސީއާއެކު ސޮއިކުރި ޓިމޯ ވާނާ ދެ އަހަރަށްފަހު ކްލަބް ދޫކޮށް ކުރީގެ ކްލަބާ ގުޅިއްޖެއެވެ.

ޖަރުމަނުގެ ފޯވާޑް ދެ އަހަރަށްފަހު ޗެލްސީ ދޫކޮށް ގުޅުނީ ކުރިން ކުޅުނު ޖަރުމަނުގެ އާރުބީ ލައިޕްޒިގްއަށެވެ. އޭނާ ކުރީގެ ކްލަބާ ގުޅުނީ ދާއިމީ އެއްބަސްވުމެއްގެ ދަށުންނެވެ. 45 މިލިއަން ޕައުންޑަށް 2020 ވަނަ އަހަރުގައި ފޯވާޑް ވިއްކާލީ އެންމެ 25 މިލިއަން ޕައުންޑަށެވެ. ކުރީގެ ކްލަބާއެކު ވާނާ ސޮއިކުރީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައެވެ. 26 އަހަރުގެ ފޯވާޑް ބުނީ އަލުން ކުރީގެ ކްލަބަށް ކުޅެވޭތީ ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. ވާނާ ކުރިން ލައިޕްޒިގަށް ކުޅުނީ 2016-2020 ވަނަ އަހަރަށެވެ. އަލުން ޓީމާ ގުޅުމަށްފަހު ވާނާ ބުނީ މިދިޔަ ދެ އަހަރުގެ ތެރޭގައިވެސް ލައިޕްޒިގުން ކުރިއެރުންތަކެއް ހޯދައިފިކަމަށެވެ.

ޗެލްސީގައި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވާނާ އެކްލަބަށް ކުޅުނު 89 މެޗުން ޖެހުނީ 23 ގޯލެވެ. ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ހޯދިއެވެ. 2020 ވަނަ އަހަރު ޗެލްސީން ވާނާގެ ސޮއި ހޯދިއިރު އޭނާއަކީ ޔޫރަޕްގައި އެންމެ ވިދުންގަދަ އަދި ޑިމާންޑް ބޮޑު ފޯވާޑެވެ. ޗެލްސީން ވާނާގެ ސޮއި ހޯދީ ލިވަޕޫލާއި, ބަޔާންއާއި އެތްލެޓިކޯ މެޑްރިޑުންވެސް ޝައުޤުވެރިކަން ފާޅުކޮށްފައިވަނިކޮށެވެ.

ލައިޕްޒިގަށް ކުޅުނު 159 މެޗުން ވާނާ އެކްލަބަށް 95 ގޯލް ޖެހިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް