ކ. މާލެ
|
9 އޯގަސްޓް 2022 | އަންގާރަ 21:36
ގޮންސާލޯ ގައިޑެސް
ގޮންސާލޯ ގައިޑެސް
ރޮއިޓާރސް
ސަމަރ ޓްރާންސްފަރ
ގޮންސާލޯ ގައިޑެސް، ވުލްވްސްއަށް
 
މި ޓްރާންސްފަރގެ އަގު އެއްވެސް ކްލަބަކުން ހާމަކޮށްފައެއްނުވޭ

ވެލެންސިއާއަށް ކުޅެމުންއައި ޕޯޗުގަލްގެ ވިންގަރ ގޮންސާލޯ ގައިޑެސް، ވުލްވްސްއަށް ބަދަލުވެއްޖެއެވެ.

ގައިޑެސް ވުލްވްސްއަށް ބަދަލުވީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ވެލެންސިއާ ދޫކޮށް ވުލްވްސްއަށް ގައިޑެސް ބަދަލުވިކަން ދެޓީމުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މި ޓްރާންސްފަރގެ އަގު އެއްވެސް ކްލަބަކުން ހާމަކޮށްފައެއްނުވެއެވެ. ރިޕޯޓުތައް ބުނާގޮތުން ގައިޑެސް ހޯދުމަށް ވުލްވްސްއިން ވަނީ 27.5 މިލިއަން ޕައުންޑު ޚަރަދުކޮށްފައެވެ.

ގައިޑެސްގެ ސޮއި ހޯދުމަށްފަހު ވުލްވްސްގެ ޗެއަރމަން ބުނީ، ގައިޑެސް ހޯދުމަށް އެޓީމުން ވަރަށް ގިނަ ދުވަސްވަންދެން މަސައްކަތްކުރި ކަމަށެވެ. އަދި 25 އަހަރުގެ ފޯވާޑާއެކު ޓީމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ގަބޫލުކުރާ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ގައިޑެސްގެ ތަޖުރިބާގެ ބޭނުން ޓީމަށް ވަރަށް ބޮޑަށް ކުރާނެކަންވެސް އޭނާ ފާހަގަކުރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް