ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 01:04
ފިރިހެން ޓީމު އިވެންޓުގައި ރާއްޖެއިން ކުޅުނު މެޗުގެ ތެރެއިން
ފިރިހެން ޓީމު އިވެންޓުގައި ރާއްޖެއިން ކުޅުނު މެޗުގެ ތެރެއިން
އެމްއޯސީ
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
ފުރަތަމަ މެޗުގައި އިރާން އަތުން ފިރިހެން ޓީމަށް ނާކާމިޔާބު
އިރާން އަތުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުން

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް (ޓީޓީ) ފިރިހެން ޓީމު އިވެންޓުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖޭގެ ޓީމު ބަލިވެއްޖެއެވެ.

މި މެޗު އީރާނުން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ގޭމުންނެވެ. މެޗުގެ ފުރަތަމަ ގޭމުގައި ސިންގަލްސްގައި ރާއްޖެއިން ކުޅެން ނުކުތީ މޫސާ މުންސިފްއެވެ. މުންސިފްގެ މައްޗަށް އީރާންގެ ކުޅުންތެރިޔާ ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ގޭމްގެ ސެޓުތައް ދިޔައީ 11-01، 11-06 އަދި 11-09 އިންނެވެ.

ފިރިހެން ސިންގަލްސްގެ ދެ ވަނަ ގޭމުގައި ރާއްޖޭގެ އިސްމާއިލް ޝައްފާން ވެސް ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 11-05، 11-03 އަދި 11-05 އިންނެވެ.

ފަހު ގޭމްގައި ޑަބަލްސް ގޭމްގައި ރާއްޖެއިން ނުކުތީ ޝައްފާން އާއި ޒީސްތު ނަސީމްއެވެ. މި ގޭމު ވެސް އިރާނުން ތިން ސެޓުން ކާމިޔާބުކުރިއެވެ. ނަމަވެސް މި ގޭމުގެ ދެ ވަނަ ސެޓުގައި ރާއްޖެއިން ތިން ޕޮއިންޓުގެ ލީޑެއް ކުރިއެވެ. ނަމަވެސް އިރާނުން ވަނީ ލީޑު އަތުލައި އެ ސެޓު ވެސް ކާމިޔާބުކޮށްފައެވެ. ގޭމްގެ ސެޓުތައް އިރާނުން ކާމިޔާބުކުރީ 11-07، 11-09 އަދި 11-05 އިންނެވެ.

ރާއްޖެ ހިމެނުނީ އިރާނާއި ބަންގްލަދޭޝާ އެއް ގްރޫޕެއްގައެވެ. ގްރޫޕްގެ ފަހު މެޗުގައި މާދަމާ ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ، ކުއާޓާ ފައިނަލް ބުރުން ޖާގަ ލިބޭނެއެވެ.

- ކޮމެންޓް