ކ. މާލެ
|
9 އޯގަސްޓް 2022 | އަންގާރަ 09:25
ގޭމްސްގައި ހިމްނާ ދުވަނީ
ގޭމްސްގައި ހިމްނާ ދުވަނީ
އެމްއޯސީ
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
400 މީޓަރުގެ ފައިނަލްގައި ހިމްނާ އާއި ލަޔާނާ
 
ފުރަތަމަ ހީޓުގައި ހިމްނާ ދިޔައީ ހަތަރު ވަނަ އަށް، އެއީ 57.99 ސިކުންތުން ހީޓު ނިންމައިގެން
 
ލަޔާނާ ވާދަކުރީ ހީޓުގެ ހަތަރު އެތުލީޓުންނަށް ވަނީ ފައިނަލްގެ ފުރުސަތު ލިބިފައި

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އެތުލެޓިކްސްގެ 400 މީޓަރު ދުވުމުގެ ފައިނަލުން ރާއްޖޭގެ ހިމްނާ ޙަސަން އާއި އާމިނަތު ލަޔާނާ މުޙައްމަަދަށް ފުރުސަތު ލިބިއްޖެއެވެ.

ތުރުކީގެ ކޮންޏާގައި ކުރިއަށްދާ މި ގޭމްސްގެ ފައިނަލުން ހިމްނާ ޖާގަ ހޯދީ 400 މީޓަރު ދުވުމުގެ ފުރަތަމަ ހީޓުގައި ވާދަކޮށެވެ. ހިމްނާ ވާދަކުރަން ޖެހުނީ، މޮރޮކޯ، ބަހްރޭން އަދި އުޒްބެކިސްތާނުގެ އެތުލީޓުންނާއެވެ. ހަތަރު އެތުލީޓުން ވާދަކުރި މި ހީޓުގައި ހިމްނާ ދިޔައީ ހަތަރު ވަނަ އަށެވެ. އެއީ 57.99 ސިކުންތުން ނިންމައިގެންނެވެ. މި ހީޓުގެ އެއް ވަނަ ހޯދީ ބަހްރޭންގެ މުބާރަކްއެވެ. އޭނާ ހީޓު ނިންމާފައިވަނީ 52.41 ސިކުންތުންނެވެ.

ރާއްޖޭގެ ލަޔާނާ ވާދަކުރީ ހީޓު ދޭއްގައެވެ. މި ހީޓުގައި ވާދަކުރު ހަތަރު އެތުލީޓުންނަށް ވަނީ ފައިނަލްގެ ފުރުސަތު ލިބިފައެވެ. އެއީ ކުރިން ފަސް އެތުލީޓުން ވާދަކުރާ ގޮތަށް އޮއްވާ، ނައިޖީރިޔާގެ އެތުލީޓު ހީތުގައި ބައިވެރިނުވުމުންނެވެ. މި ހީޓުގައި ވާދަ ކުރި ރާއްޖޭގެ ލަޔާނާ ހީޓު ނިންމީ، 59.79 ސިކުންތުންނެވެ. އެއް ވަނަ ހޯދި އޮންޑޮނީޝިއާގެ ސާރީ ހީޓު ނިންމީ، 54.23 ސިކުންތުންނެވެ. 400 މީޓަރުގެ ފައިނަލް އޮތީ ބުދަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
0%
50%
0%
0%
0%
ކޮމެންޓް