ކ. މާލެ
|
9 އޯގަސްޓް 2022 | އަންގާރަ 08:13
ސާޖިއޯ ރޮމޭރޯ
ސާޖިއޯ ރޮމޭރޯ
ޓްވިޓަރ
ޓްރާންސްފާ މާކެޓު
ރޮމޭރޯ ބޮކާ ޖޫނިއާސްއަށް ބަދަލުވެއްޖެ
 
ރޮމޭރޯ ބޮކާ ޖޫނިއާސްއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައި އެއް އަހަރު ދުވަހަށް

އާޖެންޓީނާގެ މަޝްހޫރު ކީޕަރު ސާޖިއޯ ރޮމޭރޯ އެ ޤައުމުގެ ބޮކާ ޖޫނިއާސްއަށް ބަދަލުވެއްޖެއެވެ.

ރޮމޭރޯ ބޮކާ ޖޫނިއާސްއަށް ބަދަލުވީއިރު، އެންމެ ފަހުން އޭނާ ހުރީ ވެނެޒިއާގައެވެ. ގިނަ ފުޓުބޯޅަ މެޗުތަކެއްގައި އާޖެންޓީނާ ޤައުމީ ޓީމުގެ ގޯލު ބެލެހެއްޓި ރޮމޭރޯ ބޮކާ ޖޫނިއާސްއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައި އެއް އަހަރު ދުވަހަށެވެ. އެހެންކަމުން ބޮކާ ޖޫނިއާސްއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އާޖެންޓީނާގެ ރޭސިން ކުލަބުން ސީނިއަރ ކެރިއަރު ފެށި ރޮމޭރޯ ވަނީ ގިނަ ކުލަބުތަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ނެދަލެންޑްސްގެ އޭޒެޑް އާއި ފްރާންސްގެ މޮނާކޯ އާއި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑް ހިމެނެއެވެ. ރޮމޭރޯ ވަނީ އޭނާގެ ކެރިއަރުގައި ޖުމުލަ ހަ ކުލަބަކަށް ކުޅެދީ، 274 މެޗުގައި ގޯލު ބަލަހައްޓާފައެވެ.

ރޮމޭރޯ އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅުން ހުއްޓާލީ 2018 ވަނަ އަހަރުއެވެ. އެއަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕަށް އާޖެންޓީނާގެ ޓީމުގައި އޭނާ ހިމަނާފައި ވަނިކޮށް، ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާއަށް ވަނީ މުބާރާތް ކުޅެވޭ ގޮތް ނުވެފައެވެ. އޭގެ ފަހުން އޭނާ އާޖެންޓީނާގެ ޤައުމީ ޓީމުގައި ހިމަނާފައެއް ނުވެއެވެ. ރޮމޭރޯ ވަނީ އާޖެންޓީނާއާއެކު 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދާފައެވެ. އަދި 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ކޮޕަ އެމެރިކާ މުބާރާތުގެ ވެސް ރަނަރަޕް ކަން ހޯދާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް