ކ. މާލެ
|
9 އޯގަސްޓް 2022 | އަންގާރަ 07:39
ގޭމްސްގައި އިބާދުﷲ ދުވަނީ
ގޭމްސްގައި އިބާދުﷲ ދުވަނީ
އެމްއޯސީ
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އިބާދުﷲ ބޮޑު ކުރިއެރުމެއް ހޯދައިފި
 
ފަސް ވަނަ ހީޓުގައި ދުވެ، އިބާދުﷲ ވަނީ 10.54 ސިކުންތުން ރޭސް ނިންމާފައި

ތުރުކީ ވިލާތުގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އެތުލެޓިކްސް 100 މީޓަރު ދުވުމުގައި ރާއްޖޭގެ ޒުވާން އިބާދުﷲ އާދަމް ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.

އިބާދުﷲ ވަަނީ 100 މީޓަރު ދުވުމުގެ ރޭހުގައި ރާއްޖޭގެ ހުރި އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށްވުރެ ބާރަށް ދުވެފައެވެ. ސާއިދު ދުވެފައިވަނީ 100 މީޓަރުގެ އެއް ވަނަ ހީޓުގައެވެ. އެ ހީޓުގައި ދުވެ، އޭނާ ރޭސް ނިންމާފައިވަނީ 10.60 ސިކުންތުންނެވެ. މި އިވެންޓުގައި އިބާދުﷲ ދުވެފައިވަނީ ފަސް ވަނަ ހީޓުގައެވެ. އޭނާ ވަނީ 10.54 ސިކުންތުން ރޭސް ނިންމާފައެވެ.

އެތުލެޓިކްސްގެ 100 މީޓަރު ދުވުމުގެ ރެކޯޑު އޮންނަނީ ވެސް ސާއިދު އަތުގައެވެ. އެއީ 10.33 ސިކުންތުން ރޭސް ނިންމައިގެންނެވެ. ސާއިދަށްވުރެ ބާރަށް ދުވުނު އިބާދުﷲ ވަނީ 2020 ވަނަ އަހަރު ޖޫނިއާ 100 މީޓަރުގެ ދުވުމުގައި ބައިވެރިވެ، ރެކޯޑު މުގުރާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް