ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 23:48
ޕްރިމިއަރ ލީގުގައި ކޮންމެ މެޗަކު ފަސް ބަދަލު ގެނެވޭނެ
ޕްރިމިއަރ ލީގުގައި ކޮންމެ މެޗަކު ފަސް ބަދަލު ގެނެވޭނެ
ރޮއިޓާސް
ޕްރިމިއަރ ލީގު
ފަސް ބަދަލުގެ ފައިދާ ޕްރިމިއަރ ލީގުގެ ޓީމުތަކުން ނަގައިފި
 
ލީގުގެ 20 ކްލަބުގެ ތެރެއިން 13 ކްލަބުން ވަނީ ފުރަތަމަ މެޗުގައި ހަތަރު ނުވަތަ ފަސް ބަދަލު ގެނެސްފައި

ފަސް ބަދަލު ކުރެވޭ އުސޫލުގެ ބޭނުން އިނގިރޭސި ޕްރިމިއަރ ލީގުގެ ގިނަ ޓީމުތަކުން ހިފައިފިއެވެ.

ޕްރިމިއަރ ލީގުގައި ކްލަބުތަކުން ކުޅުނު ފުރަތަމަ މެޗުގައި ގިނަ ޓީމުތަކުން ވަނީ ތިން ބަދަލަށްވުރެ ގިނަ ބަދަލު ގެނެސްފައެވެ. ލީގުގެ 20 ކްލަބުގެ ތެރެއިން 13 ކްލަބުން ވަނީ ފުރަތަމަ މެޗުގައި ހަތަރު ނުވަތަ ފަސް ބަދަލު ގެނެސްފައެވެ.

އެގޮތުން ޓޮޓެންހަމްއާއި ސައުތެމްޕްޓަން އަދި މެންޗެސްޓަރ ސިޓީ އާއި ވެސްޓް ހޭމް ކުޅުނު މެޗުގައި މި ހަތަރު ޓީމުންވެސް ވަނީ ފަސް ބަދަލު ގެނެސްފައެވެ. ފަސް ބަދަލު ކުރެވޭ ގަވައިދަށް އެންމެ ބޮޑަށް ތާއީދުކުރި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އާއި ސިޓީގެ ކޯޗު ގާޑިއޯލާގެ ޓީމުން މި ބަދަލުގެ ބޭނުން ވަރަށް ރަނގަޅަށް ހިފިއެވެ. ނަމަވެސް ލީގުގެ ފުރަތަމަ މެޗުގައި ވުލުވްސް އަދި ލެސްޓާ ސިޓީން ގެނައީ ކޮންމެ ޓީމަކުން އެންމެ ބަދަލެކެވެ. ލީގުގެ އޯޕަނިންގ މެޗުތަކަށް ބަލާއިރު އެވްރެޖުކޮށް ކޮންމެ ޓީމަކުން 3.8 ބަދަލު ގެނެސްފައިވެއެވެ.

މެޗެއްގެ ފުރިހަމަ ވަގުތުގައި ތިން ބަދަލު ގެނެވޭގޮތަށް އޮތް އޮތުން ފުރަތަމަ ބަދަލުކުރީ ކޮވިޑުގެ ސަބަބުން 2019-20 ވަނަ ސީޒަންގައެވެ. އޭރުގެ އުސޫލު ވަނީ ފަސް ބަދަލު ގެނެވޭ ގޮތަށް ބަދަލުކޮށްފައެވެ. ނަމަވެސް ގިނަ ކްލަބުތަކެއްގެ ތާއީދާއެކު މި އުސޫލު 2020-21 ވަނަ ސީޒަންގައި އުވާލިއެވެ. އެއަށްފަހު އަނެއްކާވެސް ފަސް ބަދަލު ގެނެވޭގޮތަށް ޕްރިމިއަރ ލީގުގެ ގަވައިދު ބަދަލުކުރީ މި ސީޒަން އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް