ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 23:45
ޗެލްސީއަށް ކުޅެމުން އަންނަ މާކޯސް އަލޯންސޯ
ޗެލްސީއަށް ކުޅެމުން އަންނަ މާކޯސް އަލޯންސޯ
މާސާ
ސަމަރ ޓްރާންސްފަރ
އަލޯންސޯ ބާސެލޯނާއަށް
 
މި ހަފްތާގެ ތެރޭގައި ރަސްމީކޮށް އަލޯންސޯ ބާސެލޯނާއަށް ބަދަލުވާނެކަމަށް ރިޕޯޓުތައް ބުނޭ
 
ޗެލްސީއާއެކު އަލޯންސޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރު

ޗެލްސީގެ ޑިފެންޑަރު މާކޯސް އަލޯންސޯ ބާސެލޯނާއަށް ބަދަލުވާން ނިންމައިފިއެވެ.

ސަމަރ ޓްރާންސްފަރ މާކެޓު ފެށުނީއްސުރެ ބާސެލޯނާއިން އަންނަނީ އަލޯންސޯ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ޗެލްސީއާއިއެކު އަލޯންސޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުއެވެ. އެހެންކަމުން އަލޯންސޯ ވަނީ އޭނާ ބާސެލޯނާއަށް ބަދަލުވާން ބޭނުންވާކަން ޗެލްސީއަށް އަންގާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މިހާރު ދެކްލަބުގެ ދެމެދުގައި ވަނީ އަލޯންސޯ ބާސެލޯނާއަށް ދިއުމަށް އެއްބަސްވުމެއް ހަދާފައެވެ. އެއްބަސްވުމުގެ އެންމެ ފަހުގެ މަރުހަލާތައް މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެކްލަބުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

އަދި މިހާރު ކުރިއަށްދަނީ އެއްބަސްވުމުގެ އެންމެ ފަހުގެ މަރުހަލާތަކެވެ. މި ހަފްތާގެ ތެރޭގައި ރަސްމީކޮށް އަލޯންސޯ ބާސެލޯނާއަށް ބަދަލުވާނެކަމަށް ރިޕޯޓުތައް ބުނެއެވެ. އަލޯންސޯ ހޯދުމަށްޓަކައި ބާސެލޯނާއިން ޗެލްސީއަށް 10 މިލިއަން ޔޫރޯގެ އަގެއް ދައްކާނެކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.ކަނާއަތު ފަޅިން ފަހަތަށް އަލޯންސޯ ކުޅުވައިގެން އެޓީމުގެ ޑިފެންސް ލައިނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވިދާނެކަމަށް ބާސެލޯނާއިން ގަބޫލުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް