ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 23:43
ޑިފެންޑަރު މަލަންގ ސާރ
ޑިފެންޑަރު މަލަންގ ސާރ
ޓްވިޓާ / ފެބްރީޒިއޯ ރޮމާނޯ
ސަމަރ ޓްރާންސްފަރ
މޮނާކޯގައި މަލަންގެ ފުރަތަމަ މެޑިކަލް ހަދައިފި
 
ނީސްއަށް ކުޅުމަށްފަހު މަލަންގ ޗެލްސީއަށް ބަދަލުވީ 2020 ވަނަ އަހަރު

ޗެލްސީއަށް ކުޅެމުން އައި މަލަންގ ސާރ މޮނާކޯއަށް ބަދަލުވުމަށްޓަކައި ފުރަތަމަ މެޑިކަލް ޓެސްޓު ހަދައިފިއެވެ.

މަލަންގގެ ފުރަތަމަ މެޑިކަލް ޓެސްޓު މޮނާކޯގައި ހެދީ ހޯމަ ދުވަހުއެވެ. ދެވަނަ މެޑިކަލް ހެދުމަށް ތާވަލުކުރެވިފައިވަނީ އަންގާރަ ދުވަހުއެވެ. މޮނާކޯއަށް ލޯނު އުސޫލުން އޭނާ ބަދަލުވުމަށް ދެކްލަބުގެ ދެމެދުގައި މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އަދި މި ސީޒަންގައި އޭނާގެ ކުޅުމަށް ބަލާފައި މޮނާކޯއިން މިއަންނަ ސީޒަނަށް ވާއިރަށް އޭނަ ގަތުމުގެ ފުރުސަތު އެބައޮތެވެ. ކުޅުން ރަނގަޅު ނޫންނަމަ އަލުން އަނބުރާ މަލަންގ ޖެހޭނީ ޗެލްސީއަށް ބަދަލުވާށެވެ.

ފްރާންސްގެ ނީސްއަށް ކުޅުމަށްފަހު މަލަންގ ޗެލްސީއަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. ނީސްގައި މަލަންގ ވަނީ 102 މެޗު ކުޅެ ތިން ލަނޑު ޖަހާފައެވެ. ޗެލްސީއަށް ބަދަލުވުމަށްފަހު ޑިފެންޑަރު ކުޅުނީ އެންމެ އަށް މެޗެވެ. އޭގެ ފަހުން އޭނާ ވަނީ ލޯނު އުސޫލުން ޕޯޓޯއަށް ދޫކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް