ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 18:29
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިން
ބޫސްޓަރ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 973ށް
ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 166،064 މީހުން
ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދަކީ 384،787

ރާއްޖޭގައި ކޮވިޑް-19 ބޫސްޓަރ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 973ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޮގަސްޓް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 973 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހާފައިވާއިރު، ފާއިތުވި ހަފުތާގައި ބޫސްޓަރ ދެވަނަ ޑޯޒް ޖަހާފައިވަނީ 51 މީހުންނެވެ. ކޮވިޑް-19ން ރައްކާތެރިވުމަށް ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި, ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެކަމަށް ބެލެވޭ މީހުންނަށް ހަތަރުވަނަ ޑޯޒެއް ޖެހުމަށް ނިންމައި އެކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

އޮގަސްޓް 6 ވަނަ ދުވަހުގެ ނިޔަލަށް ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 166،064 މީހުންނެވެ. ފާއިތުވި ހަފުތާގައި 204 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ.

ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދަކީ 384،787އެވެ. 399،025 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

- ކޮމެންޓް