ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 13:37
ކުއާޓާ ފައިނަލްގައި ރަފާ ކުޅުނު މެޗުގެ ތެރެއިން
ކުއާޓާ ފައިނަލްގައި ރަފާ ކުޅުނު މެޗުގެ ތެރެއިން
އެމްއޯސީ
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގެ ކުއާޓާގައި ރަފާއަށް ނާކާމިޔާބު
ކުއާޓާ ފައިނަލްގައި ކެމަރޫންގެ ސާރާ ގަބްރިއޭލާއާ ވާދަކޮށް ރަފާ ބަލިވީ ސީދާ ތިން ސެޓުން

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޓޭބަލް ޓެނިސް (ޓީޓީ) އަންހެން ސިންގަލްސްގެ ކުއާޓާ ފައިނަލްގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމަށް ނާކާމިޔާބުވެއްޖެއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލަށް ރަފާ ދަތުރުކުރީ ކުޅުނު ފުރަތަމަ މެޗާއި، ގަދަ 16 ގެ މެޗު ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ މެޗުގައި ރަފާ ނިކުތީ އުޒްބެކިސްތާނުގެ ރޮޒެލީނާ ހާދީޖޭވާއާ ދެކޮޅަށެވެ. ރަފާ ވަނީ 3-0 އިން ރޮޒެލީނާ ބަލިކޮށްފައެވެ. އެ މެޗުގެ ސެޓުތައް ރަފާ ހޯދީ، 11-04، 11-13 އަދި 11-03 އިންނެވެ.

ގަދަ 16 ގައި ރަފާ ކުޅުނީ، ޖޫބޫޓީގެ އޮމާރް ނާސިމާ ދެކޮޅަށެވެ. މި މެޗު ވެސް ރަފާ ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ރަފާ ހޯދީ 11-02، 11-03 އަދި 11-02 އިންނެވެ.

ކުއާޓާ ފައިނަލްގައި ކެމަރޫންގެ ސާރާ ގަބްރިއޭލާއާ ވާދަކޮށް ރަފާ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓުގެ ކުޅުން ދިޔައީ ވާދަވެރިކޮށެވެ. ވާދަވެރިކޮށް ދިޔަ މި ސެޓު ސާރާ ހޯދީ 12-10 އިންނެވެ. ޖެހިގެން އައި ދެ ސެޓު ސާރާ ހޯދީ 11-7 އަދި 11-09 އިންނެވެ.

ގޭމްސްގައި މިއަދު ހަވީރު އެތުލެޓިކްސް ކުރިއަށްދާނެއެވެ.

- ކޮމެންޓް