ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 07:29
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ތެރެއިން
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ތެރެއިން
އެމްއޯސީ
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގެ ކުއާޓާއިން ރަފާ ޖާގަ ހޯދައިފި
 
ކުއާޓާ އިން ރަފާ ޖާގަ ހޯދީ، ފުރަތަމަ ބުރާއި ގަދަ 16 ގައި ކުޅުނު މެޗު ކާމިޔާބުކޮށްގެން

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ޖާގަ ހޯދައިފިއެވެ.

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ ގޭމްސްގެ ކުއާޓާ ފައިނަލުން ރަފާ ޖާގަ ހޯދީ ކުޅުނު ފުރަތަމަ މެޗާއި، ގަދަ 16 ގެ މެޗު ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ މެޗުގައި ރަފާ ނިކުތީ އުޒްބެކިސްތާނުގެ ރޮޒެލީނާ ހާދީޖޭވާއާ ދެކޮޅަށެވެ. ރަފާ ވަނީ 3-0 އިން ރޮޒެލީނާ ބަލިކޮށްފައެވެ. އެ މެޗުގެ ސެޓުތައް ރަފާ ހޯދީ، 11-04، 11-13 އަދި 11-03 އިންނެވެ.

ފުރަތަމަ މެޗުން މޮޅުވެ ގަދަ 16 ގައި ރަފާ ކުޅުނީ، ޖޫބޫޓީގެ އޮމާރް ނާސިމާ ދެކޮޅަށެވެ. މި މެޗު ވެސް ރަފާ ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ރަފާ ހޯދީ 11-02، 11-03 އަދި 11-02 އިންނެވެ. ގަދަ 16 ކާމިޔާބުކޮށް ކުއާޓާއިން ރަފާ ޖާގަ ހޯދިއިރު، ކުއާޓާގައި ނިކުންނާނީ ކެމަރޫންގެ ސާރާ ގަބްރިއޭލާއާ ދެކޮޅަށް މިއަދުއެވެ.

ގޭމްސްގައި ދެން ކުޅުނު މެޗުތަކަށް ބަލާއިރު، ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. އެ މެޗުން ދީމާ ބަލިވީ ފުރަތަމަ ސެޓު ކާމިޔާބުކޮށްފައި ވަނިކޮށެވެ. އުޒްބެކިސްތާނުގެ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓު ދީމާ ހޯދީ 11-08 އިންނެވެ. ނަަމަވެސް އުޒްބެކިސްތާނުގެ ކުޅުންތެރިޔާ ވަނީ ޖެހިގެން އައި ތިން ސެޓު ހޯދައި މެޗުން މޮޅުވެފައެވެ. އެއީ، 11-07، 11-03 އަދި 11-09 އިންނެވެ.

ދެން ގޭމްސްގައި ކުޅުނު ރާއްޖޭގެ މޫސާ މުންސިފަށް ވެސް ވަނީ ނާކާމިޔާބުވެފައެވެ. އެއީ ސައުދީ އަރަބިއްޔާގެ އަބްދުލް އަޒީޒު ބޫ ޝުލައިބީއާ ވާދަކޮށެވެ. އޭނާ އަތުން މުންސިފް ބަލިވީ ސީދާ ތިން ސެޓުންނެވެ.

ރާއްޖޭގެ ޝައްފާން އިސްމާއިލް ވަނީ ގަދަ 16 ގައި ކުޅެ، ނާާކާމިޔާބުވެފައެވެ. ފުރަތަަމަ ބުރުގައި ޝައްފާން ނިކުތީ ޓޯގޯގެ އަޓާރޫ އަސޫއާ ދެކޮޅަށެވެ. އޭނާގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައި، ޝައްފާން ވަނީ ގަދަ 32 ކުޅުްތެރިންގެ ބުރަށް ދަތުރުކޮށްފައެވެ. އެ ބުރުގައި އަޒަރުބައިޖާންގެ އާދިލް އަހުމަދު ޒާދާ ވާދަކޮށް ވެސް ޝައްފާން ވަނީ ސީދާ ތިން ސެޓުން މޮޅުވެފައެވެ. އެއީ، 11-09، 11-03 އަދި 11-09 އިން ސެޓުތައް ހޯދައިގެންނެވެ.

ގަދަ 16 ގައި ޝައްފާން ނިކުތީ އީރާންގެ ސައްޔިދު އާމިރު ހުސެއިން ހޯދާއީއާ ދެކޮޅަށެވެ. އޭނާ އަތުން ޝައްފާން ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ. އެއީ 11-09، 11-6 އަދި 11-07 އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް