އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް، މޫލީ އިން ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވާލަދީ، ރާއްޖެއަށް ފުރިހަމަ އޮންލައިން ވިޔަފާރިކުރުމުގެ ތަޖުރިބާއެއް ފޯރުކޮށްދެވުނު ކާމިޔާބު ތިން އަހަރު ފާހަގަކޮށްފިއެވެ.
މޫލީ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކުރީ 7 އޮގަސްޓް 2019ގައެވެ. އެ ޕްލެޓްފޯމް އަށް ތިން އަހަރު ވެފައިވާއިރު މިހާތަނަށް 20،000 އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށްވަނީ ފޯރުކޮށްދީފައެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް 18 ކެޓަގަރީއަކުން، މަގުބޫލުކަން ހޯދާފައިވާ 50އަށް ވުރެ ގިނަ ކުންފުނީގެ ކޮލީޓި އެތައް ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ވިޔަފާރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލަދީފައެވެ.
މޫލީ އިން ވިއްކާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނާއި، ގެޔަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނާއި ފޮތާއި ސްޓޭޝަނަރީ އާއި ގޭމިންގ ޕްރޮޑަކްޓް އާއި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ހިމެނެއެވެ.
މޫލީއަށް ތިން އަހަރު ފާހަގަ ކުރުމުގެ ގޮތުން މި ހިނގާ އޮގަސްޓް މަހުގެ ތެރޭގައި ހާއްސަ ހަދިޔާތަކާއެކު މުނިފޫހިފިލުވުމާއި އިންޓަރެކްޓިވް އޮންލައިން އެންގޭޖްމަންޓް ހަރަކާތްތަކެއް ވަނީ ރާވާފައެވެ.
މޫލީގެ ތަސައްވަރާ އެއްގޮތަށް، ކަސްޓަމަރުންނާއި އެކު އިތުރު ގާތް ގުޅުމެއް އާލާކޮށް ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މޫލީ އިން ވަނީ ކޯވިޑް-19ގެ ޕެންޑަމިކްގެ ދަނޑިވަޅުގައި ވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ކަސްޓަމަރުންނާއި ވިޔަފާރިތައް ގުޅުވާލަދީ، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާތަކެތި ސަލާމަތާއި ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ބައްލަވައިގަތުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. އަދި ރޯދަ މަހާއި، ފިތުރު އީދު އަދި އަހަރު ނިމުމުގެ ސޭލްތައް ފާހަގަކޮށް ހާއްސަ ޑިސްކައުންޓްތަކަކާއެކު ޕްރޮމޯޝަންތައް ކުރިއަށް ގެންދާއިރު މިއަހަރު މޫލީ އިން ވަނީ ނޮވެލްޓީ ބުކްޝޮޕްއާއި ގުޅިގެން "ބެކް ޓު ސްކޫލް" ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލެނިވެރިންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ފޮތްލިސްޓް ހިލޭ ޑެލިވަރ ކޮށްދީފައެވެ.
ފުޅާވަމުން އަންނަ އީ-ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ. މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުގެ އުފެއްދުންތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.
މޫލީ އިން ބުނި ގޮތުގައި ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް އެ ޕްލެޓްފޯމުން ފުރުސަތު ލިބޭނެއެވެ.