ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 05:27
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
އަނިޔާވެރިގޮތަކަށް މާލޭގައި އަންހެނަކު މަރާލުން
ޝިއާގެ މަރުގެ ރަނގަޅު ތަހުގީގެއްކޮށް، އެކަން ކުރި މީހުންނަށް ހައްގު އަދަބު ދޭން ޖެހޭ: ނަޝީދު
 
ނަޝީދު ވަނީ އަނިޔާވެރިގޮތަކަށް ޝީއާ މަރާލުން ކުށްވެރިކޮށްފައި
 
ޝިއާ މަރާލިކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ ސްކޭޓަރ ޝާހިލް

ހޮނިހިރު ދުވަހުގެ ރޭ އަނިޔާވެރިިގޮތަކަށް މާލޭގެ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ މަރުގެ ތަހުގީގު ރަނގަޅަށް ކޮށް، އެކަން ކުރި މީހުންނަށް ޙައްގު އަދަބު ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ނަޝީދު ކުރެއްވި ޓްވީޓް އެއްގައި ވިދާޅުވީ މާލޭގައި ޒުވާން އަންހެންކުއްޖެއް ނުހަނު އަނިޔާވެރިކޮށް މަރާލައިފައިވަނީ އެންމެނަށް ވެސް ސިހުން ލިބޭ މިންވަރަށް ކަމަށެވެ. އަދި އެ އަނިޔާވެރި އަމަލު ކުށްވެރިކުރައްވާ ކަމަށާއި އެ މައްސަލައިގައި އިތުރު މީހެއްގެ އިއުތިރާފު ބަޔާނަށް ބުރަނުވާ ރަނގަޅު ތަހުގީގެއްކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ޝިއާ މަރާލި މައްސަލައިގައި އޭނާ މަރާލާފައި އޮތް ގެއިން ވަނީ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައެވެ. މި މައްސަލާގައި ހައްޔަރު ކުރީ ނިލަންދޫ، ފިނިފެންމާގެ އުމުރުން 22 އަހަރުގެ އަލީ ޝާހިލްއެވެ. މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ.

ޝާހިލް ހައްޔަރު ކުރި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެއެވެ. އަދި ޝިއާ މަރާލާފައި އޮތްތަނުން އޭނާ މަރާލި ކަމަށް ބެލެވޭ ހަތިޔާރު ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ޝާހިލް ހައްޔަރުކޮށްގެން ގެންދިޔައީ ހެޒްމެޓް ސޫޓު ލައްވައިގެންނެވެ. އެގޮތަށް އޭނާ ގެންދިޔައީ އޭނާގެ މުޅި ގައިގައި ލޭ ހުރުމުން، ކުށުގެ ވެށީގައި އޭނާގެ އަންނައުނުން ހެކި ހޯދަން އުޅެފިނަމަ ހެކި ގެއްލުމުގެ ބިރު އޮތުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި، ބަންދުކޮށްގެން ގެންދާއިރު އޭނާ ގަދަ ހަދައިފި ހާލަތެއްގައި ވެސް ހެކި ގެއްލުމުގެ ބިރު އޮންނާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުުހުން ބުނީ މިހާތަނަށް އައިރު ބައެއް މީޑިއާތަކުން އަންހެން ކުއްޖާގެ މަރާއި ގުޅިގެން ހަޤީޤަތާއި ހިލާފު ވާހަކަތައްވެސް ފަތުރަމުންދާކަމަށެވެ. އެގޮތުން އެ ދެ މީހުން ކައިވެނިކޮށްގެން އުޅޭކަމަށް ބުނާ ވާހަކައަކީވެސް ހަގީޤަތާއި ހިލާފު ވާހަކައެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
8 އޯގަސްޓް 2022 | ހޯމަ 12:27
ކަމަން
ހައްޤު އަދަބަކީ މަރަށް މަރު. އެކަމަކު މަނިކުފާނު ވިދާޅިވަނީ ޤިޞާސް ހިފައިގެން ނުވާނެކަމަށް. ދެން ކިހިނެއް ޙައްޤު އަދަބު ދޭނީ؟
8 އޯގަސްޓް 2022 | ހޯމަ 05:45
ސީމާ
ޙައްގު އަދަބެތްނޫން ބޭނުންވަނީ ދާއިމީ ހައްލެތްބޭނުންވަނީ ދުވަހަން ދުވަހަކަށް މީހުން މެރުން ގުނަވެ ހައްދުން ނައްޓާލައުފި ކޮންމެ އިންސާނަކުވެސް ހަމަޖެހިލައުގެން ބިރެތްނެތި މިދުނިޔޭގަ އުޅެވެންވާނެ ﷲ ވަނީ ހުރިހާ ކަމަކަށްވެސް ހައްލު އަންގަވަފަ އެ ގާނޫނު ތަންފީޒުކޮށްބަލަ