ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 21:54
މެންޗެސްޓަރ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗުގެތެރެއިން
މެންޗެސްޓަރ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗުގެތެރެއިން
ޕްރިމިއަރ ލީގު
ޕްރިމިއަރ ލީގު
ބްރައިޓަންގެ އަތްދަށުވެ ޔުނައިޓެޑަށް ލީގުގެ ފެށުން ގޯސް
 
ޔުނައިޓެޑްގެ ފުރަތަމަ 11ގައި ރޮނާލްޑޮ ނުހިމަނާ
 
ބްރައިޓަން އަތުން ޔުނައިޓެޑް ބަލިވީ 2-1ން

ބްރައިޓަންގެ އަތްދަށުވެ މެންޗެސްޓަރ ޔުނައިޓެޑަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ފެށުން ގޯސްވެއްޖެއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން ބްރައިޓަން ކުރިހޯދީ 2-1ގެ ނަތީޖާއަކުންނެވެ. ބްރައިޓަންއިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ދެލަނޑު ޖަހާފައެވެ. ބްރައިޓަންގެ ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޕަސްކާލް ގްރޯސްއެވެ. މެޗުގެ ފުރަތަމަ ހާފުގައި ބްރައިޓަންއިން ދެލަނޑުގެ ލީޑެއް ނެގުމުން އެރިކް ޓެންހާގަށް ވަނީ ނަތީޖާ އަނބުރާލުމުގައި ނާކާމިޔާބުވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ޔުނައިޓެޑުން ކުޅުނު ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ޓެން ހާގް ވަނީ ރޮނާލްޑޯއަށް ފުރުސަތު ދީފައެވެ. އަދި ފުރަތަމަ ހާފުގައި ސެންޓަރ ފޯވާޑަށް ކުޅުނު ކްރިސްޓެން އެރިކްސަން މެދުތެރެއަށް ބަދަލުކޮށް ރޮނާލްޑޯއަށް އެޓޭކިންގ ރޯލު ދިނެވެ. ނަމަވެސް ރޮނާލްޑޯއަށް މި މެޗުގައި ނަތީޖާ އަނބުރާލެވޭގޮތް ނުވިއެވެ.

ޔުނައިޓެޑްގެ ހަމައެކަނި ލަނޑަކީ ބްރައިޓަންގެ އެލެކްސިސް މެކަލިސްޓާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ފަހުން ޔުނައިޓެޑްގެ މާކަސް ރަޝްފޯޑާއި މާޓިނޭޒްއަށް ލަނޑު ޖަހަން ފުރުސަތު ލިބުނުނަމަވެސް ފުރުސަތުގެ ބޭނުން ނުހިފުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް