ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 08:56
ވިނީޝިއުސް ޖޫނިއަރ
ވިނީޝިއުސް ޖޫނިއަރ
ޓްވިޓަރ
ރެއާލުން ސުޕަ ކަޕަށް ތައްޔާރުވުން
ރެއާލާއެކު ފަހެއް ނުވަތަ ހަ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބޭނުން: ވިނީޝިއުސް
 
ރެއާލާއެކު ފަހެއް ނުވަތަ ހަ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ރެއާލްގެ ޖާޒީގައި ކުޅުނު މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނެން ބޭނުންވޭ

ސްޕެއިންގެ ރެއާލް މެޑްރިޑާއެކު ފަހެއް ނުވަތަ ހަ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބޭނުންވާކަމަށް ވިނީޝިއުސް ޖޫނިއަރ ބުނެފިއެވެ.

ރެއާލަށް ކުޅެމުން އަންނަ 22 ފޯވާޑް މިހެން ބުނީ ސުޕަ ކަޕް ފައިނަލްގެ ކުރިން ވާހަކަ ދައްކަމުންނެވެ. އެއިންޓްރަކްޔް ފްރޭކްފާޓާ ދެކޮޅަށް ރެއާލް ނުކުންނަ އިރު، ގިނަ މީހުންގެ ސަމާލުކަން ހުއްޓޭނެ އެއް ކުޅުންތެރިޔަކީ ވިނީޝިއުސްއެވެ. އޭނާ ވަނީ ނިމުނު ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލަނޑު ޖަހައި، ރެއާލަށް 13 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ.

ސުޕަ ކަޕާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވިނީޝިއުސް ބުނީ، ގިނަ މެޗުތަކުން މޮޅުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޚާއްސަކޮށް މުބާރާތްތައް ކާމިޔާބުކުރަން ބޭނުންވާނަމަ، މޮޅުވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ސީޒަންގެ ފުރަތަމަ ތަށި ކާމިޔާބުކުރުމަށް، ކުޅުންތެރިންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ވިނީޝިއުސް ބުނީ ނިމުނު ސީޒަނުގެ ބައެއް މެޗުތަކުގެ ސަބަބުން ދާން ބޭނުންވާ ހިސާބަށް ދެވުނު ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އޭގެ އެއް މެޗަކީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ބާނެބައުގައި ކުޅުނު މެޗެވެ. ދެ މިނެޓުގެ ތެރޭގައި ރޮޑްރިގޯ ޖެހި ދެ ލަނޑާއެކު، މުބާރާތުގެ ފައިނަލުން ޖާގަ ޔަގީންވި ވަގުތު ކޮޅަކީ އޭނާގެ އެންމެ ޚާއްސަ ވަގުތުކޮޅު ކަމަށެވެ.

ވިނީޝިއުސް ބުނީ އޭނާގެ ކެރިއަރުގައި އަދި ބާކީ ދުވަސްތައް އޮތް ކަމަށެވެ. ދެން ކުޅެވޭނީ ކޮން ފައިނަލެއް ކަމެއް ބުނަން ނޭންގޭ ކަމަށް ވެސް އޭނާ ބުންޏެވެ. މީގެ އިތުރުން އޭނާ ބުނީ ރެއާލްގައި ގިނަ ދުވަހު މަޑު ކުރަން ބޭނުންވާ ކަމަށާއި، އެ ޓީމާއެކު ފަހެއް ނުވަތަ ހަ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ރެއާލްގެ ޖާޒީގައި ކުޅުނު މޮޅެތި ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެން ބޭނުންވާ ކަމަށެވެ.

ޔުއެފާ ސުޕަ ކަޕްގެ ފައިނަލްގައި އެއިންޓްރަކްޔް ފްރޭކްފާޓާއާ ދެކޮޅަށް ރެއާލް ނިކުންނާނީ މި މަހުގެ 11 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް