ޒަހަމްތަކަކާއެކު މަރާލާފައި އޮތް އަންހެނަކު މާލޭގެ ގެއަކުން ފެނިއްޖެއެވެ.
ފުލުހުން ބުނީ މިކަމުގެ ރިޕޯޓު ލިބުމާއެކު ފުލުހުން ސީންގައި ހަރަކާތްތެރިވަމުންދާކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު ސީންއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
އެމީހާއަށް ލިބިފައިވާ ޒަހަމްތަކާއި، މަރުގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.