ކ. މާލެ
|
6 އޯގަސްޓް 2022 | ހޮނިހިރު 13:52
ޕްރޯ ޖޫނިއަރގެ ފައިނަލްގައި ވާދަކުރި އާމިން މޫސާ
ޕްރޯ ޖޫނިއަރގެ ފައިނަލްގައި ވާދަކުރި އާމިން މޫސާ
އަދަދު
ވިޒިޓް މޯލްޑިވްސް ޕްރޯ 2022
ބަލިވި ނަމަވެސް، އާމިން ދެއްކީ ތަފާތު ހިތްވަރެއް
އާމިންގެ މައްޗަށް މޮލީނާއަށް ކުރިހޯދުނީ 0.90ގެ ތަފާތަކުން

މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ޕްރޯ ޖޫނިއަރ ބަައިގެ ފައިނަލްގައި ރާއްޖޭގެ އާމިން މޫސާގެ މައްޗަށް ފަހު ވަގުތު ގެބްރިއަލް މޮލީނާ ކުރިހޯދައިފިއެވެ.

މިއަދު ކުރިއަށްދިޔަ ފައިނަލް ހީޓު ފަށައިގެން އާމިން ވަނީ ތަފާތު ހިތްވަރެއް ދައްކާފައެވެ. ހީޓުގެ ކުރީކޮޅު އާމިން ވަނީ ލީޑު ވެސް ނަގައި، ގިނަ ވަގުތު ލީޑު ހިފަހައްޓާފައެވެ. ހީޓުގެ މެދުތެރެއިން މޮލީނާ ލީޑު ހޯދިނަމަވެސް، އިތުރު ހިތްވަރެއްލައި އާމިން ވަނީ އަނެއްކާ ވެސް ލީޑު ހޯދާފައެވެ. މޮލީނާއަށް ކުރިލިބުނީ ހީޓުގެ ފަހު ވަގުތުގައެވެ. އާމިންގެ މައްޗަށް މޮލީނާއަށް ކުރިހޯދުނީ 0.90ގެ ތަފާތަކުންނެވެ.

ހީޓުގައި މޮލީނާއަށް ޖުމުލަ ލިބުނީ 13.00 ސްކޯއެކެވެ. އެއީ ހަ ވަނަ ރާޅުގައި ލިބުނު 5.75 ސްކޯއާއި ފަހު ރާޅުގައި ލިބުނު 7.25 ސްކޯއިންނެވެ. ރާއްޖޭގެ އާމިންއަށް ފައިނަލް ހީޓުގައި ލިބުނީ ޖުމުލަ 12.10 ސްކޯއެވެ. އެއީ ދެ ވަނަ ރާޅުގައި ލިބުނު 5.50 ސްކޯއާއި، ފަހު ރާޅުގައި ލިބުނު 6.60 ސްކޯއިންނެވެ. ހީޓުގެ ފަހު ވަގުތާ ހަމައަށް އާމިން ވަނީ ހިތްވަރުކޮށްފައެވެ.

އާމިން ވާދަކުރި ޕްރޯ ޖޫނިއަރގެ ފައިނަލް ހީޓު ބައްލަވާލެެއްވުމަށާއި އާމިންއަށް ހިތްވަރުދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ޔޫތު މިނިސްޓަރު އަހުމަދު މަޚްލޫފްގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ވަޑައިގެންނެވިއެވެ.

އާމިންއަކީ ބޮޑީބޯޑިންގ ވޯލްޑް ޓުވަރ އިވެންޓެއްގެ ފައިނަލްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ.

- ކޮމެންޓް