ކ. މާލެ
|
6 އޯގަސްޓް 2022 | ހޮނިހިރު 12:45
ތޮއްޔިބު - ޕާޓާގެ ބައްދަލުވުމެއްގައި ބައިވެރިވެވަަޑައިގަންނަވަނީ
ތޮއްޔިބު - ޕާޓާގެ ބައްދަލުވުމެއްގައި ބައިވެރިވެވަަޑައިގަންނަވަނީ
އެމްއެމްޕީއާރްސީ
ރާއްޖޭގެ ފަތުރުވެރިކަން
ކޮވިޑަށްފަހު ރާއްޖެ އިޝްތިހާރުކުރަން ކުރި މަސައްކަތް ކާމިޔާބު: އެމްއެމްޕީއާރުސީ
18 ސެޕްޓެމްބަރު 2020ގައި ވޯރލްޑް ޓްރެވަލް ޓޫރިޒަމް ކައުންސިލުން ރާއްޖެއަށް 'ސޭފް ޓްރެވަލްސް' ސްޓޭންޕް ލިބުނު
'އައިމް ވެކްސިންނޭޓަޑް' ކެމްޕެއިނަކީ ކާމިޔާބު ކެމްޕެއިނެއް
ޑިޖިޓަލް ކެމްޕެއިން "މޯލްޑިވްސް؛ ދަ ސަން ވިލް ޝައިން އެގެއިން" އަކީ ރާއްޖޭގައި ހިންގި ކާމިޔާބު މަސައްކަތެއް

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވި ގޮންޖެހުންތަކުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރި މަސައްކަތްތައް ވަރަށް ކާމިޔާބުކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)އިން، "ޑެސްޓިނޭޝަން މާކެޓިންގ އިން ދަ އޭޖް އޮފް ކޮވިޑް-19"ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން ތޮއްޔިބު ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ މާކެޓިންގ ހަރަކާތްތައް ކުރިއަށްގެންދިޔަ ގޮތުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުކޮށް، ތަފާތު މަޝްވަރާތައް ކުރިއަށްގެންދިއުމަށް ޚާއްސަކޮށްގެން ބޭއްވި އެ ފޯރަމްގައި ވާހަކަދައްކަވަމުން ތޮއްޔިބް ވަނީ، ކޮވިޑްގެ ދުވަސްވަރު ރާއްޖެއިން ހާސިލްކުރި ކާމިޔާބީތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކޮވިޑްގެ ފުރަބަންދުގެ ދުވަސްވަރު ރާއްޖެއިން ހޯދި ކާމިޔާބީތަކުގެ ތެރެއިން; 18 ސެޕްޓެމްބަރު 2020ގައި ވޯރލްޑް ޓްރެވަލް ޓޫރިޒަމް ކައުންސިލުން ރާއްޖެއަށް 'ސޭފް ޓްރެވަލްސް' ސްޓޭންޕް ލިބުނުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އަދި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ ގުޅިގެން ހިންގި 'އައިމް ވެކްސިންނޭޓަޑް' ކެމްޕެއިންއަކީ ކާމިޔާބު ކެމްޕެއިނެއް ކަަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ދުނިޔޭގެ 850,000 މީހުން ލައިވްކޮށް ބެލި ޑިޖިޓަލް ކެމްޕެއިން "މޯލްޑިވްސް؛ ދަ ސަން ވިލް ޝައިން އެގެއިން"އަކީ ރާއްޖޭގައި ހިންގި ކާމިޔާބު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ތޮއްޔިބު ފާހަގަކުރެއްވިއެވެ.

ފާއިތުވި އަހަރުގެތެރޭގަ އަޅުގަނޑުމެންގެ ސަމާލުކަން ހުރީ ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް. ފަތުުރުވެރިކަމުގެ ދާއިރާގަ ހިމެނޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް. މިމަސައްކަތް ވަރަށް ކާމިޔާބު. 2020 ވަނަ އަހަރު ފަތުރުވެރިކަމުގެ އެރައިވަލްސް ބައި މިލިއަނަށް ވެއްޓުނު. ނަމަވެސް މި އަދަދު 2021 ވަނަ އަހަރު 1.3 މިލިއަނަށްވުރެ މައްޗަށް އެރި. އަދި މި އަހަރުގެ އެރައިވަލްސް ޕްރީ ޕެންޑެމިކް އެރައިވަލްގެ އަދަދާ މިހާރު ގާތްކޮށްފިކަން އުފަލާއެކު އަޅުގަނޑު ފާހަގަކުރަން.
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުހައްމަދު

ތޮއްޔިބު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ މުސްތަގުބަލް ވަރަށްވެސް އުޖާލާކަމަށާއި، މިއީ އެންމެން އެކުގައި އަތުކުރި އޮޅާލައި، މުސްތަގުބަލަށް ބޭނުންވާ ބަދަލުތައް ގެނައުމަށާއި، ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް ހިތްވަރާއެކު، ކުރިއެކޭ އެއްފަދައިން މަސައްކަތްކުރުމުގައި ދެމިތިބެންވީ ވަގުތުކަމަށެވެ.

2019 ވަނަ އަހަރު 31 ޖުލައިގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 990,791 މީހުންނެވެ. އޭގެ ފަހުން ޖެހިގެން އައި ދެ އަހަރު މިއަދަދު ވަރަށް ބޮޑުތަން ދަށްވިނަމަވެސް، މިއަހަރު އަނެއްކާވެސް ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދުތައް މިދަނީ މައްޗަށްއަރަމުންނެވެ. މިއަހަރުގެ 30 ޖުލައިގެ ނިޔަލަށް 942,444 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ދުނިޔޭގެ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ދާއިރާއަކަށް ދިގުދެމިގެންދާ އަސަރުތަކެއް ވަނީ ކޮށްފައެވެ. އެހެންކަމުން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމަށް ގިނައަދަދެއްގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަތީޖާއެއްގެގޮތުން، ޖެހިޖެހިގެން ދެ އަހަރު ވޯރލްޑް ޓްރެވަލް އެވޯޑްސްގެ "ވޯރލްޑްސް ލީޑިންގ ޑެސްޓިނޭޝަން"ގެ ލަގަބު ރާއްޖެއިން ކާމިޔާބުކޮށް، ދުނިޔޭގެ އެންމެ އެދެވޭ އަދި އެންމެ މަގުބޫލު އެއް މަންޒިލްގެ މަގާމު ރާއްޖެއިން މިވަނީ ހާސިލުކޮށްފައެވެ.

- ކޮމެންޓް