Advertisement
ކ. މާލެ
|
5 އޯގަސްޓް 2022 | ހުކުރު 06:57
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ރާއްޖެއެމްވީ
މާލޭގެ ބަހުގެ ޚިދުމަތް
އަމާޒަކީ މާލޭގައި 10 މިނެޓުން ހިނގާފައި ދެވޭ ހިސާބުގައި ބަސް ހުއްޓި ބެހެއްޓުން: އާޒިމް
މިނީ ބަހުގެ ޚިދުމަތް ފެށުމަށް މަގުތައް ހުސްކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
ބަހުގެ ޚިދުމަތާއެކު މަގުތަކުގެ ޓްރެފިކަށް ލުއިވާނެ: އާޒިމް
ފުރަތަމަ 14 ދުވަހު މިނީ ބަސް ދަތުރުކުރާނީ ހިލޭ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ އަމާޒަކީ  މާލޭގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް 10 މިނެޓުން ހިނގާފަ ދެވޭހާ ކައިރީގައި ބަސް ހުއްޓިތައް ޤާއިމްކޮށްފައި ބެހެއްޓުން ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި އެމްޓީސީސީގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވަނީ ބަހުގެ ޚިދުމަތަކީ އެމްޓީސީސީން އެންމެ ބޮޑު އިސްކަމެއް ދޭ އެއް މަސައްކަތްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ބަހުގެ ޚިދުމަތަކީ އާއްމުން ގަބޫލުކުރާ ފެންވަރަށް ދޭ ޚިދުމަތެއްގެ ގޮތުގައި ބޭއްވުމަށް އެ ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަން އާޒިމް ވަނީ ވިދާޅުވިއެވެ.

Advertisement

ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވަނީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް އެމްޓީސީސީން ވާން ޖެހޭ ތައްޔާރީތައްވެ ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި  ބަހުގެ ޚިދުމަތް ފެށުމުގެ ކުރިން ޤާއިމް ކުރަން ޖެހޭ ބަސްހުއްޓިތައް ހަރުކުރުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިނީ ބަހުގެ ޚިދުމަތް ފެށުމަކީ ޢާއްމުނަށް އިޖުތިމާއީ އަދި އިގްތިޞާދީ ގޮތުން ވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ އާޒިމްގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.

ގެއިން ނުކުމެގެން 10 މިނެޓް ތެރޭގައި ހިނގާލާފަ ދެވޭ ވަރަށް އަޅުގަނޑުމެންގެ ބަސް ސްޓޮޕްތައް ހުންނާނެ އިރާދަކުރެއްވިއްޔާ. އެހެންވީމަ 20 މީހުން ނޫނީ 25 މީހުން ދަންޏާ އެއީ 10 ވަރަކަށް ކާރު. އެހެންވީމަ މީގެ ސަބަބުން މަގު މައްޗަށް ވަރަށް ބޮޑަށް ލުއިވާނެ. ޖީބަށް ވެސް ލުއި ވާނެ ތެލުގެ އަގު މިހާ ބޮޑުވެފައި ވާއިރު
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މިނީ ބަސް ދަތުރުކުރުމަށް ކަނޑައެޅިފައި ވަނީ އަމީނީ މަގު، މަޖީދީ މަގު، އޯކިޑް މަގު އަދި މެރިންޑްރައިވްގައެވެ. އަދި ޚިދުމަތް ފެށުމަށް ފަހު ބަސް ދަތުރުކުރާނެ އިތުރު މަގުތައް ކަނޑައަޅާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ. މިނީ ބަހުގެ ޚިދުމަތް ފެށުމަށް ފަހު ފުރަތަމަ 14 ދުވަހު ބަސް ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ހިލޭކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް)ގެ ދަށުން މިނީ ބަހުގެ ޚިދުމަތް ދިނުމަށް އެމްޓީސީސީ އާއި ސަރުކާރާއި ގުޅިގެން މަސައްކަތްކުރަމުން ދާއިރު އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ލ.ގަމުގައި ވެސް މިނީ ބަހުގެ ޚިދުމަތް އެމްޓިސީސީން ދަނީ ފޯރުކޮށްދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް