Advertisement
ކ. މާލެ
|
4 އޯގަސްޓް 2022 | ބުރާސްފަތި 16:33
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޗެކިން ކުރިއަށްދަނީ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޗެކިން ކުރިއަށްދަނީ
ޓްވިޓަރ
ވީއައިއޭގެ ޗެކިންގ ސިސްޓަމަށް ދިމާވި މައްސަލަ
އެއާރޕޯޓުގެ ޗެކިންގ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި
ސޮފްޓްވެއަރ އަޕްގްރޭޑުކޮށް، ވަރުގަދަކުރުމުގެ މަސައްކަތް ދަނީ ކުރަމުން
ޗެކިންގ ސިސްޓަމްތަކަށް ދިމާވީ ސޮފްޓްވެއަރގެ މައްސަލައެއް

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓު (ވީއައިއޭ)ގެ ޗެކިންގ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ކޯރޕަރޭޓް އެފެއަރޒް، ހަސަން އަރީފް ވިދާޅުވީ، މައްސަލަ ހައްލުކުރުމުގައި އިސްކަންދިނީ އިންޓަރނޭޝަނަލް ޓަރމިނަލްގެ ސިސްޓަމްތައް ރަނގަޅުކުރުމަށްކަމަށެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ކުރި މަސައްކަތާއެކު ޑޮމެސްޓިކް ޓަރމިނަލްގެ ސިސްޓަމްތައްވެސް މިހާރު ރަނގަޅުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ޗެކިންގ ސިސްޓަމަށް މައްސަލަ ދިމާވުމުން ޗެކިންގ ކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ މެނުއަލްކޮށެވެ.

Advertisement

ވެލާނާ އިންޓަރނޭޝަނަލްގެ ޗެކިންގ ސިސްޓަމްތަކަށް ދިމާވީ ސޮފްޓްވެއަރގެ މައްސަލައެއްކަމަށާއި، މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މީގެކުރިން ދިމާވި މައްސަލައެއް ނޫންކަމަށްވެސް އަރީފް ވިދާޅުވިއެވެ. ސޮފްޓްވެއަރ އަޕްގްރޭޑުކޮށް، ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އަަރީފް ފާހަގަކުރެއްވިއެވެ.

އެއާރޕޯޓުގެ ޗެކިންގއަށް މައްސަލަ ދިމާވިނަމަވެސް އޮގަސްޓް 2 ވަނަ ދުވަހު އެކަނިވެސް އިންޓަރނޭޝަނަލް 70 ފްލައިޓުން 5124 ފަސިންޖަރުން ވަނީ ރާއްޖެއައިސްފައެވެ. އަދި ޑޮމެސްޓިކް ފްލައިޓް 49 ފްލައިޓް ދަތުރުކޮށްފައިވާއިރު، ޖުމުލަ 1874 ފަސިންޖަރުން ރާއްޖޭގެ އެކިތަންތަނަށް ވީއައިއޭއިން ދަތުރުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް