ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 18:01
ހިމްނާ - ރެކޯޑް މުގުރާލުމަށްފަހު
ހިމްނާ - ރެކޯޑް މުގުރާލުމަށްފަހު
ކޮމަންވެލްތު ގޭމްސް
20 އަހަރުވީ ރެކޯޑެއް ހިމްނާ މުގުރާލައިފި
 
ހިމްނާ ރެކޯޑް މުގުރާލީ ކޮމަންވެލްތު ގޭމްސްގައި

އެތުލެޓިކްސްގެ 20 އަހަރުވީ ރެކޯޑެއް، އައިޝަތު ހިމްނާ ހަސަން މުގުރާލައިފިއެވެ.

ހިމްނާ މުގުރާލީ އަންހެނުންގެ 100މ ދުވުމުގެ ރެކޯޑެވެ. އޭނާ ރެކޯޑް މުގުރާލީ އިނގިރޭސިވިލާތުގެ ބަރމިންގހަމްގައި މިހާރުކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައެވެ. ހިމްނާ ރެކޯޑް މުގުރާލީ 12.17 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަންހެން 100 މީޓަރު ރެކޯޑް ކުރިން އޮންނަނީ ޝަމްހާ އަހުމަދު އަތުގައެވެ. މީގެ 20 އަހަރު ކުރިން ޝަމްހާ ރެކޯޑް ހެދީ 12.27 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ 2001ގެ ވޯރލްޑް ޗެމްޕިއަންޝިޕްގައެވެ.

ޒަމާންވީ ރެކޯޑް ޒުވާން އެތުލީޓް ހަމްނާ މުގުރާލުމުން، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވަނީ އެކަން ފާހަގަކުރައްވައި, ހަމްނާއަށް މަރުހަބާވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
0%
0%
0%
50%
ކޮމެންޓް