ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 17:12
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ރާއްޖެ-އިންޑިއާގެ ގުޅުން
ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ: މޯދީ
އިންޑިއާއިން ލައިން އޮފް ކްރެޑިޓްގެ ދަށުން 100 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދެނީ
އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވޭ
އިންޑިއާ ވާނީ އަބަދުވެސް ރާއްޖެ އިން ބޭނުންވާ އިރު އެންމެ އަވަހަށް އިޖާބަދޭ ޤައުމަށް: މޯދީ

އިންޑިއާ އާއި ރާއްޖެ އާއި ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް  އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ މާލެއިން ފެށިގެން ވިލިމާލެއާ އެކު ތިލަފުށްޓާ ގުޅައިލުމަށް އަޅާ ބްރިޖްގެ ފުރަތަމަ ތަނބުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އިންޑިއާކަނޑުގެ ސަރަހައްދުގައި އެ ސަރަހައްދުގެ ޤައުމުތަކަށް އަސަރުކުރާ ފަދަ ކުށްތަކާއި، މަސްތުވާތަކެތި އަދި ނިރުބަވެރިކަން ފަދަ ކަންކަން ހިނގުމުގެ ބިރު އެބައޮތް ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެފަދަ ކަންކަމުން އަރައިގަނެ، އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގާތުން މަސައްކަތްކުރަން ޖެހޭ ކަމަށް މޯދީ ވިދާޅުވިއެވެ.

މީގެ އިތުރުން ފާއިތުވި އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެ، އެ ގުޅުމަށް އާ ޖޯޝެއް އައިސްފައިވާ ކަމަށާއި، ގޮންޖެހުންތަކާއި އެކު ވެސް ރާއްޖެ އާއި އިންޑިއާ އާއި އެކު އޮތް ގުޅުން އިތުރަށް ބަދަހިވެފައިވުމަކީ އުފާ ކުރައްވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ އަށް ކަމެއް ދިމާވާ އިރު ނޫނީ ޒަރޫރަތެއް މެދުވެރިވާއިރު އިންޑިއާ އިން ވާނީ އިޖާބަދީފައި. ކުރިއަށް އޮތްތާގައި ވެސް ރާއްޖެ އަށް ކަމެއް ދިމާވެއްޖެ ނަމަ އިންޑިއާ އިން އެކަމަށް އިޖާބަ ދޭނެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ

ރާއްޖޭގައި މިހާރު ހިންގާ މަޝްރޫއުތައް ނިންމުމަށްޓަކައި އިންޑިއާއިން ލައިން އޮފް ކްރެޑިޓްގެ ދަށުން 100 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދޭން އެ ގައުމުން ވަނީ ނިންމާފައެވެ. މިއަދު އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކާއި އެލްޖީއޭ ބާރުވެރިކުރުން ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމާއި، ކާރިސާތަކުން އަރައިގަތުމަށް ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދިނުން، މަސްވެރިކަން ތަރައްގީކުރަން އެހީތެރިވެދިނުން އަދި ޕޮލިސް ވިއުގަ ހަރުދަނާކުރަން އެހީތެރިވެދިނުމާއި ގުޅޭ އެއްބަސްވުންތަކެވެ.

- ކޮމެންޓް