ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 13:05
ރާއްޖޭގެ ކުޑަ އައްޔަ
ރާއްޖޭގެ ކުޑަ އައްޔަ
ވިޒިޓް މޯލްޑިވްސް ޕްރޯ 2022
ވިޒިޓް މޯލްޑިވްސް ޕްރޯ 2022
ދުނިޔޭގެ ރޭންކިން ދެވަނަ ޓަނާ ފަހަތަށް ޖައްސާލައި ރާއްޖޭގެ ކުޑަ އައްޔަ އެއްވަނަ ހޯދައިފި
މި ހީޓުގެ އެއްވަނަ ކުޑަ އައްޔަ ހޯދީ ދެ ރާޅުން ޖުމުލަ 15.55 ގެ ސްކޯއެއް ހޯދައިގެން

މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ތިންވަނަ ރައުންޑުގައި ވާދަކޮށް ރާއްޖޭގެ އަލީ ޚުސްރުވާން އަޙުމަދު (ކުޑައައްޔަ) ތާރީޚީ ކާމިޔާބެއް ހޯދައިފިއެވެ.

ތިންވަނަ ބުރުގައި ކުޑަ އައްޔަ ވަނީ މިވަގުތު ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ޓަނާ މެކް ޑެނިއަލްގެ މައްޗަށް ކުރި ހޯދައި، ހަތަރުވަނަ ބުރަށް ދަތުރުކޮށްފައެވެ. މިބުރުގެ ފަސް ވަނަ ހީޓުގައި އައްޔަ އާއި، ޓަނާގެ އިތުރުން ވާދަކުރީ ރާއްޖޭގެ މުހައްމަދު ވިސާމްއެވެ.

މި ހީޓުގެ އެއްވަނަ ކުޑަ އައްޔަ ހޯދީ ދެ ރާޅުން ޖުމުލަ 15.55 ގެ ސްކޯއެއް ހޯދައިގެންނެވެ. އެއީ ދެވަނަ ރާޅުގައި ލިބުނު 8.25 އާއި ތިންވަނަ ރާޅުގައި ލިބުނު 7.30 ގެ ސްކޯއިންނެވެ. މި ހީޓުގައި ވާދަކުރި ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ޓަނާއަށް ލިބުނީ 13.30 ގެ ސްކޯއެކެވެ. އެއީ ތިންވަނަ ރާޅުގައި ލިބުނު 7.25 އާއި ފަސްވަނަ ރާޅުގައި ލިބުނު 6.05 ސްކޯއެވެ. މި ހީޓުގެ ފުލަށް ދިޔަ ރާއްޖޭގެ ވިއާމަށް ލިބުނީ 8.90 ގެ ސްކޯއެކެވެ.

މި ހީޓުގައި ކުޑަ އައްޔަ ހޯދި ސްކޯއަކީ މިއަހަރު ކުރިއަށްދާ ޓުވަރގައި މިހާތަނަށް ހޯދި އެންމެ މަތީ ސްކޯއެވެ.

ހަތަރުވަނަ ބުރުގައި ކުޑަ އައްޔަ ނުކުންނާނީ ފްރާންސްގެ ޔަން ސަލައުންއާ ދެކޮޅަށެވެ.

- ކޮމެންޓް