ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 12:04
ލުކާކޫ
ލުކާކޫ
ޓްވިޓަރ
އިންޓަރ މިލާނުން އައު ސީޒަނަށް ތައްޔާރުވުން
ލޫކާކޫގެ ބަރުދަނުގައި 101 ކިލޯ، ލުއި ކުރުމަށް ޚާއްސަ ޑައިޓެއް
 
އިންޓަރ މިލާނުން މިހާރު ވަނީ ލުކާކޫގެ ބަރުދަން ލުއިކުރުމަށް ޚާއްސަ ޑައިޓެއް ފެށުމަށް އަންގާފައި

ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓަރ މިލާނަށް ބަދަލުވި ރޮމެލޫ ލުކާކޫގެ ބަރުދަން އިތުރުވެ، ޚާއްސަ ޑައިޓެއް ފަށައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ލުކާކޫގެ ބަރުދަނުގައި 101 ކިލޯ އެބަ ހުއްޓެވެ. އެހެންކަމުން އިންޓަރ މިލާނުން މިހާރު ވަނީ ލުކާކޫގެ ބަރުދަން ލުއިކުރުމަށް ޚާއްސަ ޑައިޓެއް ފެށުމަށް އޭނާ އަށް އަންގާފައިކަމަށް ރިޕޯޓުތައް ބުނެއެވެ. އެއާއެކު ލުކާކޫ އަންނަނީ އެ ޑައިޓަށް ފޮލޯކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން ރިޕޯޓުތައް ބުނާ ގޮތުގައި ބަރުދަން ލުއި ކުރުމުގެ ކަންކަމުގައި ލުކާކޫ އާއި އިންޓަރ މިލާނުން ވަނީ ވާހަކަ ދައްކާފައެވެ. އެކަމުގައި ލުކާކޫގެ ބަރުދަން ލުއި ކުރުމަށް ހަރުކަށި ޑައިޓަކާއި، ޚާއްސަ ޓްރެއިނިންތަކެއް ބޭނުންވާކަން އަންގާފައިވާ ކަމަށެވެ. މިކަމުގެ ބޭނުމަކީ ކުރިއަށް އޮތް ސީޒަނަށް ފެށެންވާއިރަށް، ލޫކާކޫގެ ފިޓްނަސް ވަރުގަދަކޮށް، އޭނޭގެ ފައިދާ ޓީމަށް ކުރެވޭނެ ގޮތެއް ހޯދުން ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ރިޕޯޓުތަކުގައި ވާގޮތުން ލުކާކޫގެ ކެއުމުގެ ކަންތައްތައް ބެލެހެއްޓުމަށް ޓީމުން ވަނީ ޚާއްސަ ޝެފެއް ހަމަޖައްސާފައެވެ. ލޫކާކޫގެ ބަރުދަން ލުއިކުރުމަށްޓަކައި އޭނާގެ ކައުމުގެ އާދަ ވަރަށް ބޮޑަށް ބަދަލުކުރަން ޖެހޭ ކަމަށާއި، ބަރުދަން ލުއިކުރުމުގެ މަސައްކަތް ލުކާކޫ މިހާރު ފަށާފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގައި ހުރުމަށްފަހު ލުކާކޫ އިންޓަރ މިލާނަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ޓީމަށް 95 މެޗު ކުޅެދީ 64 ލަނޑު ޖަހައިދިނުމަށްފަހު، އޭނާ ޗެލްސީއަށް ބަދަލުވީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. ޗެލްސީއާއެކު ހޭދަކުރި މުއްދަތުގައި ލުކާކޫ ވަނީ އެ ޓީމަށް 44 މެޗު ކުޅެދީ 15 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް