ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 07:28
ފެބްރިގާޒް ކޯމޯގައިވެސް ބޭނުންކުރާނީ 4 ނަމްބަރު ޖަރޒީ: ފޮޓޯ-ކޯމޯ
ފެބްރިގާޒް ކޯމޯގައިވެސް ބޭނުންކުރާނީ 4 ނަމްބަރު ޖަރޒީ: ފޮޓޯ-ކޯމޯ
ފެބްރިގާޒް ކުޅުން ކުރިއަށްގެންދަނީ
ފެބްރިގާޒް އިޓަލީގެ ދެވަނަ ޑިވިޝަނަށް
ދެވަނަ ޑިވިޝަން ކްލަބާއެކު ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގައި

ސްޕެއިންގެ މިޑްފީލްޑަރ ސެސް ފެބްރިގާޒް އިޓަލީގެ ދެވަނަ ޑިވިޝަންގެ ކްލަބަކާ ގުޅި, ކެރިއަރު އަދިވެސް ކުރިއަށްގެންދަން ނިންމައިފިއެވެ.

ސްޕެއިން ޤައުމީ ޓީމްގެ ކުރީގެ މިޑްފީލްޑަރ ގުޅުނީ ސެރީ ބީ ގެ ކޯމޯއަށެވެ. އެއީ ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ. 35 އަހަރުގެ މިޑްފީލްޑަރ އެކްލަބާއެކު ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގައެވެ. ފްރާންސްގެ މޮނާކޯއާއެކު އޮތް އެއްބަސްވުން ހަމަވީ މިއަހަރުގެ ޖޫން މަހުއެވެ. 2019 ވަނަ އަހަރު ފެބްރިގާޒް މޮނާކޯއާ ގުޅުނީ ޗެލްސީންނެވެ. އޭގެކުރިން އޭނާ ކުޅުނީ ބާސެލޯނާއަށެވެ. ބާސެލޯނާއަށް ބަދަލުވީ އާސެނަލްއަށް ކުޅުމަށްފަހުއެވެ. މޮނާކޯއާ ފެބްރިގާޒް ގުޅުނުއިރު އެކްލަބްގެ ކޯޗަކަށް ހުރީ އާސެނަލްއަށް އެކުގައި ކުޅުނު ތިއަރީ އޮންރީއެވެ.

ކޯމޯއަށް ސޮއިކުރުމަށްފަހު ފެބްރިގާޒް ބުނީ ކުޅުމުގެ ކެރިއަރު ކުރިއަށް ގެންދެވުމަކީ އޭނާގެ ނަސީބުކަމަށެވެ. އަދި އެފުރުޞަތު ކޯމޯ ފަދަ ރަނގަޅު ޓީމެއްގައި ލިބުނީތީ އުފާކުރާކަމަށެވެ.

ފެބްރިގާޒްއަކީ 2010 ވަނަ އަހަރު ވަރލްޑްކަޕް ހޯދި ސްޕެއިން ޓީމްގެ ކުޅުންތެރިއެކެވެ.

- ކޮމެންޓް