ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 19:01
ވެލެންސިޔާއާއި ޔޫވީ ލީގުގައި ވާދަކުރި ފަހު މެޗުގެ ތެރެއިން
ވެލެންސިޔާއާއި ޔޫވީ ލީގުގައި ވާދަކުރި ފަހު މެޗުގެ ތެރެއިން
އެފްއޭއެމް
ދިވެހި ޕްރިމިއަރ ލީގު
ތިންވަނަ ވެލެންސިޔާއަށް!
 
ޔޫވީއަށް ގަދަ ހަތަރެއްގެ ޖާގައެއް ނުލިބުނު

ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ ތިންވަނަ ވެލެންސިޔާ ކަށަވަރުކޮށްފިއެވެ.

ވެލެންސިޔާ ތިންވަނަ ކަށަވަރުކުރީ އެޓީމްގެ ފަހު މެޗުގައި 4-1ން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްގެންނެވެ. މިމޮޅާއެކު ވެލެންސިޔާ ތިންވަނަ ހޯދީ 21 މެޗުން 32 ޕޮއިންޓާއެކުއެވެ. ހަތަރުވަނަ ލިބެނީ 30 ޕޮއިންޓާއެކު ކްލަބް ގްރީން ސްޓްރީޓްސްއަށެވެ. ފަސްވަނާގައި އޮތީ 28 ޕޮއިންޓާއެކު ޓީސީއެވެ. 26 ޕޮއިންޓާއެކު ޔުނައިޓެޑް ވިކްޓްރީއަށް ލިބެނީ ހަވަނަ އެވެ. ހަތްވަނާގައި ސަސް އޮތީ 15 ޕޮއިންޓާއެކުއެވެ. ފުލުގައި އޮތީ ފަސް ޕޮއިންޓާއެކު ދަ ގްރާންޑޭއެވެ. ލީގު ޗެމްޕިއަން މާޒިޔާ މިރޭ ނުކުންނާނީ ދެވަނާގައި އޮތް އީގަލްސްއާ ދެކޮޅަށެވެ. މެޗުގެ ނަތީޖާއިން ތާވަލަށް އެއްވެސް ބަދަލެއްނާންނާނެއެވެ.

ޔުނައިޓެޑް ވިކްޓްރީ ކޮޅަށް ވެލެންސިޔާއިން ހަތަރު ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. ވެލެންސިޔާގެ ލަނޑުތައް ޖެހީ އިސްމާއީލް ޒާން އާމިރު, އަބްދުﷲ ޔާމީން, ހަސަން ސުފިޔާން އަދި އިސްމާއީލް އީސާއެވެ. ވެލެންސިޔާއިން ތިން ލަނޑު ޖެހިފަހުން ޔޫވީގެ ހަމައެކަނި ލަނޑު ޖެހީ އިވާންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް