Advertisement
ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 10:08
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ މަނިކު (ރީކޯ)
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ މަނިކު (ރީކޯ)
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު-އެމްޑީޕީ
ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރައްވާނެ ކަމަށް ބެލެވެނީ ރައީސް ސާލިޙު: ރީކޯ މޫސާ
އެމްޑީޕީގެ ދެ ފަޅި އެއްގަލަކަށް އަރާނެ ކަމަށް މިހާރު ނުބެލެވޭ
ޤައުމަށް އެންމެ ދަތިިވި ދުވަސްތަކުގައި ރައީސް ސާލިޙު ޤައުމުގެ އިޤްތިސާދު ހިފަހައްޓައިދެއްވާފައިވޭ
އެމްޑީޕީގެ ރައީސެއްގެ މަސައްކަތްތައް ޕްރޮމޯޓުކުރަން ޖެހޭނީ އެމްޑީޕީން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ކަމަށެވެ.

Advertisement

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުމަށް އަލިއަޅުވާލައްވާ މޫސަ ވިދާޅުވީ، އެމްޑީޕީގެ ދެ ފަޅި އެއްގަލަކަށް އަރާނެ ކަމަށް މިހާރު ނުބެލެވޭ ކަމަށާއި، މިހާރު ގޮތްތަކެއް ނިންމަން ޖެހިފައިވާ ކަމަށެވެ.

މޫސަ ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުގައި ޤައުމަށް އެންމެ ދަތިިވި ދުވަސްތަކުގައި ރައީސް ސާލިޙު ޤައުމުގެ އިޤްތިސާދު ހިފަހައްޓައިދެއްވާފައިވާ ކަމަށެވެ. އެކަމާ އެއްވެސް ފަރާތަކުން ދެބަސްނުވާނެކަމަށް މޫސަ ވިދާޅުވިއެވެ.

ޑިމޮކްރަސީގެ ދުވަސްތައް ފެށުނު ފަހުން ދުނިޔެ ދުއް އެންމެ ނާމާން، އެންމެ ނިކަމެތި ދުވަސްވަރު އަޅުގަނޑުމެންނަށް މި ދިޔައީ ފެނިގެން، އިޤްތިސާދީ ގޮތުން އަޅުގަނޑުމެންނަށް، މުޅި ދުނިޔެއަށް އައި ކޮވިޑުގެ ވަބާގެ މައްސަލައިގައި
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކު (ރީކޯ މޫސާ)

މޫސަ ވަނީ ކޮވިޑުގެ ޙާލަތުގައި ރައީސް އެޅުއްވި ފިޔަވަޅުތަކަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން ކޮވިޑުގެ މި ޙާލަތަކީ އެއްވެސް ޤައުމަކުން ތަސައްވަރުވެސް ކޮށްފައިވާ ފަދަ ޙާލަތެއް ނޫންކަން މޫސަ ފާހަގަ ކުރެއްވިއެވެ.

ކާބޯތަކެތީގެ އަގު ހިފަހައްޓައިދިން، ބޭސް ލިބިއްޖެ، ގޭގައި ބަންދުވެފައި ތިބިއިރުވެސް، މީހުންނަށް މުސާރަ ލިބިއްޖެ، ރާއްޖޭގެ އިކޮނޮމީ އަލުން ރީ ސްޓާޓް ކުރަންވެސް ގޮތްތަކެއް ހޯއްދަވައިފި
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކު (ރީކޯ މޫސާ)

މޫސަ ވިދާޅުވީ، ރާއްޖެއާ ޚިލާފަށް އަވައްޓެރި ސްރިލަންކާގައި ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ރައްޔިތުން ގޮވަމުން ދަނިކޮށް އެންމެ ފަހުން ޤައުމު ފުނޑުފުނޑުވެ، އެންމެ ނިކަމެތި ޙާލަތަކަށް ޤައުމު ވެއްޓިގެން ގޮސްފައިވާ ކަމަށެވެ.

މޫސަ ވަނީ ސަރުކާރުން އެތައް ޚިދުމަތެއް ފޯރު ކޮށްދެމުންދާއިރުވެސް، އެމްޑީޕީގެ ތެރެއިންވެސް އެކަންކަން ޕްރޮމޯޓު ކޮށްދިނީ ކިތައް މީހުންތޯ ސުވާލު ކުރައްވާފައެވެ.

އަޅުގަނޑުމެން އެ ދަރަޖައަކަށް ނުދޭ، މާނައަކީ އަޅުގަނޑުމެންގެ އިޤްތިސާދު ހިފެހެއްޓުމަށްޓަކައި ކުރައްވާފައިވާ މަސައްކަތް، އެއީ ހަމަ ގައިމުވެސް ކުރިއަށް އޮތް އިންތިޚާބަށް ބަލާއިރުގައި ރައީސް ސާލިޙު ނުކުންނަވައިފިނަމަ ރައީސް ސާލިޙަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ، ސުވާލަކީ މި ދެންނެވި ދުވަސްވަރުގައިވެސް އެމްޑީޕީގެ ރައީސަކު ހުރެގެން މުޅި ރާއްޖޭގައި ނަރުދަމާ އަޅާ ނިމެނީ، ކެރޭނެއް އެކްސްކެވޭޓަރެއް ނެތް ރަށެއް ނުފެނޭ، ފެނާއި ނަރުދަމާގެ ކަންކަން އެބަ ކުރިއަށްދޭ، ބަނދަރު ހަދާ، ކްލާސްރޫމްތައް ހަދާ، މަސައްކަތްތައް އެބަ ކުރިއަށްދޭ، ކާކުހޭ އެމްޑީޕީން އެކަން ޕްރޮމޯޓް ކޮށްދިނީ
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކު (ރީކޯ މޫސާ)

މޫސަ ވިދާޅުވާ ގޮތުގައި އެމްޑީޕީގެ ރައީސެއްގެ މަސައްކަތްތައް ޕްރޮމޯޓުކުރަން ޖެހޭނީ އެމްޑީޕީންނެވެ. އެހެންނަމަވެސް، މިކަމުގައިވެސް ޕާޓީގެ ތެރޭގައިވެސް އޮތީ ބޮޑު ޚިޔާލު ތަފާތުވުންތަކެއްކަން މޫސަ ފާހަގަ ކުރެއްވިއެވެ.

ކޯލިޝަން ބައިވެރިންގެ ކަންކަންވެސް ހުރީ އެކަހަލަ ގޮތަކަށްކަމަށް މޫސަ ވިދާޅުވިއެވެ.

މިވަގުތަކީ އިޤްތިސާދު މެނޭޖްކޮށް، ކުރިއަށް އޮތް ދުވަސްތަކަށް ހަރުދަނާ ފިޔަވަޅުތައް އަޅަންޖެހޭ ވަގުތުކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ އެކަންކަން ކަށަވަރު ކުރަންޖެހޭ އެއް އިދާރާ ކަމަށެވެ. އެހެންނަމަވެސް، ބައެއް ސިޔާސީ ފަރާތްތަކުން ޤައުމަށްވާ ގޮތެއް ނުބައްލަވާކަމަށް މޫސަ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް