ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 08:08
ފާގަަސަން
ފާގަަސަން
ޓްވިޓަރ
ފާގަސަން ޔުނައިޓެޑަށް
ފާގަސަން އަލުން އެނބުރި ޔުނައިޓެޑުގެ މަގާމަކާ ހަވާލުވެއްޖެ
 
ބޭރުގެ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ފާގަސަން ހަވާލުވީ ޔުނައިޓެޑުގެ އެޑްވައިޒަރީ ބޯޑުގެ މަގާމަކާ

މެންޗެސްޓަރ ޔުނައިޓެޑުގެ މަގާމަކާ އެ ޓީމުގެ ކުރީގެ ކޯޗު އަލެކްސް ފާގަސަން ހަވާލުވެއްޖެކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ބޭރުގެ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ފާގަސަން ހަވާލުވީ ޔުނައިޓެޑުގެ އެޑްވައިޒަރީ ބޯޑުގެ މަގާމަކާއެވެ. އެއީ އެ ކުލަބުގެ ޗީފް އެގްޒެކްޓިވް ރިޗަޑް އާނޯލްޑް އެކުލަވާލި އެޑްވައިޒަރީ ބޯޑެކެވެ. ރިޕޯޓުތަކުގައިވާ ގޮތުން ފާގަސަންގެ އިތުރުން އެ ބޯޑުގައި ހިމެނެނީ ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން ބްރަޔާން ރޮބްސަން އާއި ކުރީގެ ސީއީއޯ ޑޭވިޑް ގިލްއެވެ. މިއީ ޔުނައިޓެޑުގެ ޑިރެކްޓަރ އޮފް ފުޓްބޯލް ޖޯން މޫޓޯ ލަފާ ހޯދާ ބޯޑެއް ކަމަށާއި، ބޯޑުގެ އެންމެ އިސް މެމްބަރަކީ ފާގަސަން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފާގަސަން އަކީ ޔުނައިޓެޑަށް ގިނަ ދުވަސްތަކެއް ވަންދެން އިރުޝާދު ދިން ކޯޗެކެވެ. އޭނާ ވަނީ 1986 ން ފެށިގެން 2013 އާ ހަމައަށް އެ ޓީމަށް އިރުޝާދު ދީފައެވެ. ފާގަސަންގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ވަނީ ޖުމުލަ 38 ތަށި ހޯދާފައެވެ. އޭގެ ތެރޭގައި ޕްރިމިއަރ ލީގާއި، އެފްއޭ ކަޕާއި، ލީގު ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔޫރަޕިއަން ސުޕަ ކަޕާއި، އިންޓަކޮންޓިނެންޓަލް ކަޕްގެ އިތުރުން ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
67%
0%
0%
0%
0%
ކޮމެންޓް