ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 08:16
ސުހައިލް އަހުމަދު
ސުހައިލް އަހުމަދު
ރާއްޖެއެމްވީ
ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތައް
ފުދޭވަރެއްގެ ގިނަ ހައުސިން ޕްރޮޖެކްޓުތަކެއް ކުރިއަށް އެބަދޭ: ސުހެއިލް
 
ޕްރައިވެޓް ސެކްޓަރުންވެސް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތަކެއް ކުރިއަށްގެންދޭ
 
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ހައުސިންއާއި، އެޕޯލޯ ހައުސިންގެ މަސައްކަތް ކުރިއަށްދޭ

ސަރުކާރުގެ ސޯޝަލް ހައުންސިންއާއި، ޕްރައިވެޓް ސެކްޓަރގެ ހައުސިން ޕްރޮޖެކްޓުތައް ހިމެނޭހެން ފުދޭވަރެއްގެ ގިނަ ހައުސިން ޕްރޮޖެކްޓުތައް މިހާރު ކުރިއަށްދާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވޯގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ސުހެއިލް ވަނީ މިހާރު ކުރިއަށްދާ ހައުސިން މަޝްރޫއުތައް ތަފްސީލުކޮށްދެއްވާފައެވެ. މިގޮތުން މިވަގުތު ހިނގަމުންދާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިވެގެން އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ހަދަމުންއެދާ 4،000 ފްލެޓްގެ މަސައްކަތް ކަމަށް ސުހެއިލް ވިދާޅުވިއެވެ. މި މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ވިސްނުން ހުރީ ކޮންމެވެސް އަދަދެއްގެ ފްލެޓްތައް އަވަހަށް ނިންމައި އާންމުންނަށް ހުޅުވާލުމަށް ކަމަށް ސުހެއިލް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުގެ އިތުރުން އެޗްޑީސީން އެޕޯލޯއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 1،000 ފްލެޓުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ސުހެއިލް ވިދާޅުވިއެވެ. މިއީ ތިން ބަޔަކަށް ބަހާލެވިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އެއީ ކައުންސިލް ހައުސިން، އެފޯޑަބަލް ހައުސިން، މިނީ އިންކަމް ހައުސިންއެވެ.

އެ ތިންބައިގެ މަސައްކަތް ވެސް ކުރިއަށްދޭ
ސުހައިލް އަހުމަދު

ސުހެއިލް ވިދާޅުވީ ސަރުކާރުގެ ހައުސިން ޕްރޮޖެކްޓުތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުންވެސް ހައުސިން ޕްރޮޖެކްޓުތައް ކުރިއަށްގެންދާކަމަށެވެ. މިދިޔަ އަހަރު ތެރޭގައި އެވޯޑުކުރި 3 ޕްރޮޖެކްޓު މިހާރު ސައިޓަށް ގޮސްފައިވާކަމަށާއި، އެއީވެސް ގާތްގަނޑަކަށް 300 އަށްވުރެ ގިނަ ފްލެޓްކަމަށް ސުހެއިލް ވިދާޅުވިއެވެ.

ސުހެއިލް ވިދާޅުވީ އިތުރު 7 ޕްލޮޓެއް އިއުލާނުކޮށްފައިވާނެކަމަށެވެ. އެއީވެސް 700 އަށްވުރެ ގިނަ ފްލެޓުކަމަށާއި، މިހާރު ހުށަހެޅި ފަރާތްތަކުގެ ބިޑުތައް އިވެލުއޭޓް ކުރަމުގެ މަސައްކަތް ކުރިއަށްދާކަމަށް ސުހެއިލް ވިދާޅުވިއެވެ.

ސުހެއިލް ވަނީ ސަރުކާރުގެ ސޯޝަލް ހައުންސިންއާއި، ޕްރައިވެޓް ސެކްޓަރގެ ހައުސިން ޕްރޮޖެކްޓުތައް ހިމެނޭހެން ފުދޭވަރެއްގެ ގިނަ ހައުސިން ޕްރޮޖެކްޓުތައް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުން ހިންގާ ފްލެޓްތަކުގެ އަގު ކަނޑައެޅުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށްގެންދާނެ ކަމަށް ސުހެއިލް ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ 60 މަޝްރޫއެއް ކުރިއަށްދާކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ. އެއީ 14،528 ހައުސިންގ ޔުނިޓެވެ. މީގެ ތެރޭގައި ހިމެނެނީ، 720 ކައުންސިލް ހައުސިން، 2405 އެޓޯލް ހައުސިންގ، 6،370 އެފޯޑަބްލް ހައުސިންގ، އަދި 4،116 މިޑް ރޭންޖް ހައުސިންއެވެ. 2023 ގައި މާލޭ ސަރަހައްދުގައި 2،600 ހައުސިން ޔުނިޓްގެ މަސައްކަތް ނިމޭނެ ކަމަށް މިނިސްޓްރީން ވެސ ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
ހައުސިންގ ކޮމިޓީއަށް ލަފާދޭން ނެގި ކޮމިޓީ: ކައުންސިލް މިނިސްޓްރީން ކައުންސިލުތަކުގެ ބާރު ކަނޑުވާލުމުގެ އިތުރު ބޮޅެއް
ފްލެޓް ލިސްޓް ބަލާ ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި