ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 07:28
އިންގްލެންޑުން މުބާރާތުގެ ތަށި އުފުލާލަނީ
އިންގްލެންޑުން މުބާރާތުގެ ތަށި އުފުލާލަނީ
ޓްވިޓަރ
އަންހެނުންގެ ޔޫރޯ ފުޓުބޯޅަ މުބާރާތް
ކްލޯއީ ކެލީގެ ލަނޑާއެކު އިންގްލެންޑުން ފުރަތަމަ ފަހަރަށް ޔޫރޯ ކާމިޔާބުކޮށްފި
 
އިތުރު ވަގުތުގެ 110 ވަނަ މިނެޓުގައި އިންގްލެންޑު މޮޅު ކޮށްދިން ލަނޑު ޖެހީ ކްލޯއީ ކެލީ

ފައިނަލްގައި ޖަރުމަނު ބަލިކޮށް އިންގްލެންޑުން ފުރަތަމަ ފަހަރަށް އަންހެން ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފިއެވެ.

ޖަރުމަނަކީ އަންހެން ޔޫރޯ މުބާރާތުގެ ޗެމްޕިއަންކަން އަށް ފަހަރު ހޯދާފައިވާ ޓީމެވެ. އަދި މިފަހަރުގެ ފައިނަލަކީ 2009 ވަނަ އަހަރުގެ ފަހުން، އިންގެލެންޑުން އަންހެން ފުޓުބޯޅަ ކުޅުނު ފުރަތަމަ ފަހަރެވެ. އިންގްލެންޑުން މުބާރާތް ކާމިޔާބުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލްގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އިންގްލެންޑުންނެވެ. އެއީ ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި އެލާ ޓޫންއެވެ. އޭނާ މި ލަނޑު ޖެހީ ކެއިރާ ވަލްޝްގެ އެހީތެރިކަމާއެކުއެވެ. އޭގެ އިރުކޮޅެއް ފަހުން ޖަރުމަނުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ 79 ވަނަ މިނެޓުގައި ޓާބެއީ ވަސްމުތު ދިން ބޯޅައަކުން ލީނާ މެގުލްއެވެ.

ފުރިހަމަ ވަގުތު ހަމަވީއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފް ވަނީ ކުޅެފައެވެ. އިތުރު ވަގުތުގެ 110 ވަނަ މިނެޓުގައި އިންގްލެންޑު މޮޅު ކޮށްދިން ލަނޑު ޖެހީ ކްލޯއީ ކެލީއެވެ.

އެއާއެކު އިންގްލެންޑުން ވަނީ އަމިއްލަ ޤައުމުގައި ބޭއްވި މި މުބާރާތް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް