ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 23:52
ގްރީންގެ ކެޕްޓަން ރިލޭ ބޯޅައާއިއެކު
ގްރީންގެ ކެޕްޓަން ރިލޭ ބޯޅައާއިއެކު
އެފްއޭއެމް
ދިވެހި ޕްރިމިއަރ ލީގު
ޓީސީ ބަލިކޮށް، ގްރީން ގަދަ ހަތަރެއް ޔަޤީންކޮށްފި
 
ޓީސީއަށް ގަދަ ހަތަރަކުން ޖާގައެއް ނުލިބުނު

ދިވެހި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކްލަބް ގްރީން ސްޓްރީޓްސް އިން ޔަޤީންކޮށްފިއެވެ.

ލީގުގައި ކުޅުނު ފަހު މެޗުގައި ޓީސީ ބަލިކޮށް, ގްރީން ގަދަ ހަތަރެއް ޔަޤީންކުރުމުން ޓީސީއަށް ގަދަ ހަތަރަކުން ޖާގަ ނުލިބޭނެކަންވެސް ޔަޤީންވީއެވެ. ތިންވަނަ ބުރުގައިވެސް ބޮޑުބައި ގަދަ ހަތަރެއްގެ ތެރޭގައި އޮތް ޓީސީގެ މައްޗަށް ގްރީންއިން ކުރި ހޯދީ 2-1 ނެވެ. ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށްފަހު ގްރީންގެ ފުރަތަމަ ލަނޑު ޖެހީ މުޙައްމަދު ސާއިފްއެވެ. ދެވަނަ ގޯލް ޖެހީ މުޙައްމަދު ޖައިލަމްއެވެ. ގްރީންއިން ދެ ލަނޑު ޖެހިފަހުން ލިބުނު ޕެނަލްޓީއަކުން ޓީސީގެ ހަމައެކަނި ލަނޑުޖެހީ މެޗުގެ ފަހު މިނިޓްގައި މުޙައްމަދު މުސްލިހުއެވެ.

މިނަތީޖާއާއެކު ގްރީން މިވަގުތު އޮތީ 30 ޕޮއިންޓާއެކު ތިންވަނައިގައެވެ. އެކަމަކު ހޯމަ ދުވަހު ހަވީރު ޔުނައިޓެޑް ވިކްޓްރީ އަތުން ވެލެންސިޔާ މޮޅުވެއްޖެނަމަ ވެލެންސިޔާއަށް ތިންވަނަ ލިބި ގްރީން ހަތަރަކަށް ވެއްޓޭނެއެވެ. އެމެޗުން ޔުނައިޓެޑް ވިކްޓްރީ މޮޅުވެއްޖެނަމަ ވެލެންސިޔާއާއި ޔޫވީ ޕޮއިންޓްގެ ގޮތުން އެެއްވަރުވެ, ހަތަރު ވަނަ ކަނޑައެޅޭނީ ފައިދާ ގޯލުންނެވެ.

ލީގުގެ ފަހު މެޗުގައި ހޯމަ ދުވަހުގެރޭ ޗެމްޕިއަން މާޒިޔާއާއި, ދެވަނައިގައި އޮތް އީގަލްސް ވާދަކުރާ މެޗުގެ ނަތީޖާއަކުން ތާވަލަކަށް ބަދަލެއް ނާންނާނެއެވެ. އެމެޗަށްފަހު މާޒިޔާއަށް ލީގުގެ އަށްޑަނަ ހަވާލުކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް