ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 22:39
ރަޔޯ ވައެކާނޯއާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
ރަޔޯ ވައެކާނޯއާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
މާސާ
މެންޗެސްޓަރ ޔުނައިޓެޑް
ރަޔޯ ވައެކާނޯ ކައިރިންވެސް ޔުނައިޓެޑަށް މޮޅު ނުވެވުނު
މެޗު ނިމުނީ 1-1ން އެއްވަރުވެގެން

ރަޔޯ ވާއެކާނޯއާއި ބައްދަލުކުރި އެކުވެރިކަމުގެ މެޗުވެސް މެންޗެސްޓަރ ޔުނައިޓެޑަށް މޮޅެއް ނުލިބި ނިންމާލަން ޖެހިއްޖެއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި އާދީއްތަ ދުވަހު ކުޅުނު މި މެޗު ނިމުނީ 1-1ން އެއްވަރުވެގެންނެވެ. މި މެޗަށް ނެގި ފުރަތަމަ 11 ގައި ކްރިސްޓިއާނޯ ރޮނާލްޑޯވެސް ހިމެނިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނުއިރު، އޭނާގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައި ނުވާއިރު، ދެވަނަ ހާފު ޔުނައިޓެޑުން ފެށީ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯގެ ބަދަލުގައި ކުޅެންއެރި އަމާދް ޑިއާލޯއެވެ. ޑިއާލޯ ލަނޑުޖެހީ އޭނާ ކުޅެން ނިކުތްތާ ދެވަނަ މިނެޓުގައެވެ. ރަޔޯ ވައެކާނޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލްވާރޯ ގްރާސިއާއެވެ.

ރަޔޯ ވައެކާނޯ ކައިރިން ޔުނައިޓެޑަށް މޮޅު ނުވެވުނުއިރު، އާދީއްތަ ދުވަހު އެތުލެޓިކޯ މެޑްރިޑް އާއި ބައްދަލުކުރި މެޗުން ޔުނައިޓެޑްވީ ބައްޔެވެ. އެމެޗުން އެތުލެޓިކޯ މޮޅުވީ 1-0ންނެވެ.

- ކޮމެންޓް