ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 19:12
މެޗުގެ ފުރަތަމަ އެގާރައަށް އެރި ވިކްޓްރީގެ ޓީމް
މެޗުގެ ފުރަތަމަ އެގާރައަށް އެރި ވިކްޓްރީގެ ޓީމް
އިމޭޖަސް.އެމްވީ
ދެވަނަ ޑިވިޝަން
ފުރަތަމަ ޑިވިޝަންގައި ކުޅުމުގެ ފުރުސަތު ވިކްޓްރީއަށް ގެއްލިއްޖެ!
 
ދެމެޗު ކާމިޔާބުކޮށްގެންވެސް ވިކްޓްރީއަށް ހަމަކުރެވޭނީ ޖުމްލަ 10 ޕޮއިންޓު

މިއަންނަ އަހަރު ފުރަތަމަ ޑިވިޝަންގައި ކުޅުމުގެ ފުރުސަތު ވިކްޓްރީ ސްޕޯޓްސް ކްލަބަށް ގެއްލިއްޖެއެވެ.

ވިކްޓްރީއަށް ފުރަތަމަ ޑިވިޝަންގެ ފުރުސަތު ގެއްލުނީ މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަންގެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ބަލިވުމުންނެވެ. މިއަދު ހަވީރު ވިކްޓްރީ ނިކުތީ ކްލަބް ޓީނޭޖް އާއި ދެކޮޅަށެވެ. މި މެޗު ޓީނޭޖުން ކާމިޔާބުކުރީ 1-0ންނެވެ. މެޗުގެ ހަމައެކަނި ލަނޑު، މެޗުގެ ފަހު ވަގުތުގައި ޓީނޭޖަށް ކާމިޔާބުކޮށްދިިނީ ބިދޭސި ކުޅުންތެރިޔާ އަލީ އަހުމަދު އަކީ އަފީފީއެވެ.

މި ނަތީޖާއާއެކު ވިކްޓްރީ އޮތީ ގްރޫޕުގެ ހަތަރުވަނައިގައެވެ. ޖުމްލަ 12 ޕޮއިންޓާއެކު އެއްވަނާގައި ނިއުރޭޑިއެންޓް އޮތްއިރު، 10 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އެލްޓީ ސްޕޯޓްސް ކްލަބެވެ. ތިންވަނަ ލިބެނީ މިއަދު މެޗުން މޮޅުވި ޓީނޭޖަށެވެ. ޓީނޭޖް ވަނީ ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓު ހޯދާފައެވެ.

މުބާރާތުގައި ވިކްޓްރީއަށް ބާކި އޮތީ ދެމެޗެވެ. މި ދެމެޗު ކާމިޔާބުކޮށްގެންވެސް އެޓީމަށް ހަމަކުރެވޭނީ ޖުމްލަ 10 ޕޮއިންޓެވެ. ވިކްޓްރީއަށް ސެމީގެ ފުރުސަތެއް ލިބެން އޮތީ ދެވަނައިގައި އޮތް އެލްޓީ އާއި ތިންވަނާގައި އޮތް ޓީނޭޖް، ބާކީ އޮތް ދެމެޗުންވެސް ބަލިވެގެންނެވެ. ނަމަވެސް ގްރޫޕުގެ ފަހު މެޗުގައި ވާދަކުރާނީ ޓީނޭޖާއި އެލްޓީއެވެ. އެހެންކަމުން ދެޓީމު އެއްވަރުވެއްޖެ ހާލަތެއްގައިވެސް އެލްޓީއަށް 11 ޕޮއިންޓު ލިބޭނެއެވެ. އަދި ޓީނޭޖް މޮޅުވެއްޖެނަމަ 12 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް އެޓީމަށް ޖެހިލެވޭނެއެވެ.

ވިކްޓްރީން މިފަހަރުގެ މުބާރާތަށް ނިކުތީ ތިން އަހަރެއްހާ ދުވަހުގެ ސަސްޕެންޝަނަކަށްފަހުއެވެ. ސަސްޕެންޝަނުން ސަލާމަތްވެ އެޓީމުން މަސައްކަތް ކުރަމުން ދިޔައީ ދެވަނަ ޑިވިޝަނުން އަރައިގަނެ، ފުރަތަމަ ޑިވިޝަންގައި ވާދަކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
9%
18%
45%
9%
0%
18%
ކޮމެންޓް