ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 14:24
އެއްވަނަ ހޯދި ޝާމް ރާފިއު
އެއްވަނަ ހޯދި ޝާމް ރާފިއު
ވިޒިޓް މޯލްޑިވްސް ޕްރޯ 2022
ވިޒިޓް މޯލްޑިވްސް ޕްރޯ 2022
މަތީ ފަންތީގެ ބޯޑަރުންނާ ވާދަކޮށް ރާއްޖޭގެ ޝާމް ރާފިއު އެއްވަނަ ހޯދައިފި
 
ޝާމް ރާފިއު އެއްވަނަ ހޯދީ ސައުތު އެފްރިކާގެ ރޮބާޓް ބާމަން، ފްރާންސްގެ ފަބިއަން ތަޒާ، ރާއްޖޭގެ އިނާޝް ނައީމާ ވަދަކޮށް

މާލޭގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ފުރަތަމަ ބުރުގެ ހީޓު ތިނެއްގެ އެއްވަނަ ރާއްޖޭގެ ޝާމް ރާފިއު ހޯދައިފިއެވެ.

ޝާމް ރާފިއު އެއްވަނަ ހޯދީ ސައުތު އެފްރިކާގެ ރޮބާޓް ބާމަން، ފްރާންސްގެ ފަބިއަން ތަޒާ، ރާއްޖޭގެ އިނާޝް ނައީމާ ވަދަކޮށެެވެ. އެއާއެކު ޝާމް ރާފިއު ވެގެން ދިޔައީ ވޯލްޑް ޓުއާ އިވެންޓެއްގައި ވާދަކޮށް، ހީޓަކުން އެއްވަނަ ހޯދި ފުރަތަމަ ދިވެހި އެތުލީޓަށެވެ. އެއާއެކު ޝާމް ރާފިއު ވަނީ ތިންވަނަ ބުރުން ޖާގަ ހޯދާފައެވެ.

ޝާމް ރާފިއު ވާދަކުރި ފްރާންސްގެ ފައިބަން ތަޒާ އަދި ސައުތު އެފްރިކާގެ ރޮބާޓް ބާމަން އަކީ ދުނިޔޭގެ ރޭންކިންގައި ވެސް ހިމެނޭ ބޮޑީބޯޑަރުންނެވެ. ފުރަތަމަ ބުރުގެ ތިންވަނަ ހީޓުން ޝާމް އެއްވަނަ ހޯދީ 13.00 ގެ ސްކޯއެއް ހޯދައިގެންނެވެ. ހީޓުގެ ދެވަނަ ހޯދި ފްރާންސްގެ ފައިބަން ތަޒާއަށް ލިބުނީ 12.75 ސްކޯއެވެ. ސައުތު އެފްރިކާގެ ބާމަން ތިންވަނަ ހޯދީ 8.80 ސްކޯ ހޯދައިގެންނެވެ. ދެ މި ހީޓުގައި ވާދަކުރި ރާއްޖޭގެ އިނާޝްއަށް ލިބުނީ 6.55 ސްކޯއެވެ.

މުބާރާތުގައި ރާއްޖެއިން ވާދަކުރި ގައުމީ ޓީމުގައި ހިމެނޭ އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އާއި ގައުމީ ޓީމުގެ އަލީ ޖާވިދު (ޖާއްޓެ) ވަނީމި ދެ އެތުލީޓުން ވާދަކުރި ހީޓުން ދެވަނަ ހޯދާފައެވެ. ކުޑަ އައްޔައަށް ދެވަނަ ލިބުނީ 19.80 ސްކޯއަކުންނެވެ. އެ ހީޓުގެ އެއްވަނަ ހޯދި ދުނިޔޭގެ ރޭންކިން ދެވަނައިގައި އޮތް ޓަނާ މެކްޑެނިއެލްއަށް ލިބުނީ 15.50 ސްކޯއެވެ. ޖާއްޓެ ވާދަކުރި ހީޓުގައި މިވަގުތު ދުނިޔޭގެ ރޭންކިން އެއްވަނައިގައި އޮތް ޓްރިސްޓަން ރޮބާޓްސް ވެސް ވަނީ ވާދަކޮށްފައެވެ. ހީޓުގެ އެއްވަނަ ހޯދީ ވެސް އޭނާއެވެ. އެއީ 10.40 ގެ ސްކޯއަކުންނެވެ. ދެވަނަ ހޯދި ޖާއްޓެއަށް ލިބުނީ 8.30 ސްކޯއެވެ.

މީގެ އިތުރުން ރާއްޖޭގެ ޒުވާން އާމިން މުސާ ވަނީ އޭނާ ވާދަކުރި ހީޓުގެ ދެވަނަ ހޯދާފައެވެ. އެއީ 6.00 ސްކޯ ހޯދައިގެންނެވެ. އެ ހީޓުގެ އެއްވަނަ ހޯދީ ފްރާންސްގެ އަމައުރީ ލެވާނާއެވެ. އޭނާ ވަނީ 11.00 ސްކޯ ހޯދާފައެވެ. ހީޓުގެ ތިންވަނަ ލިބުނީ 4.40 ގެ ސްކޯއަކާއެކު ސައުތު އެފްރިކާގެ ނިކް އެންސްޓްރޮމްއަށެވެ.

ފުރަތަމަ ބުރުގެ އެއްވަނަ ހޯދާ އެތުލީޓުންނަށް ލިބޭނީ ތިންވަނަ ބުރުން ޖާގައެވެ. ދެން ވާދަކުރާ އެހެން އެތުލީޓުންނަށް ލިބޭނީ ދެވަނަ ބުރުން ޖާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް