ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 11:16
މުބާރާތުގެ ގުރު ނެގުމުގެ ތެރެއިން
މުބާރާތުގެ ގުރު ނެގުމުގެ ތެރެއިން
ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން - ސާފް
17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތް
އަންހެން ސާފް ޗެމްޕިއަންޝިޕާއި، 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގުރު ނަގައިފި
 
އަންހެން ސާފް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 6 ން 19 އަށް ނޭޕާލްގެ ކަތުމަންޑޫގައި
 
17 އަހަރުން ދަށުގެ ފިރިހެން ސާފް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 5 ން 14 އަށް ސްރީލަންކާގައި

އަންހެން ސާފް ޗެމްޕިއަންޝިޕާއި، 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރު ނަގައިފިއެވެ.

އަންހެން ސާފް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 6 ން 19 އަށް ނޭޕާލްގެ ކަތުމަންޑޫގައެވެ. މި މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ޤައުމުން ވާދަކުރާނެއެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖެ ހިމެނުނީ ގްރޫޕް އޭގައެވެ. މި ގްރޫޕްގައި ރާއްޖެއާއެކު ދެން ހިމެނެނީ، ބަންގްލަދޭޝް، ޕާކިސްތާން އަދި އިންޑިއާއެވެ. ގްރޫޕް ބީގައި ހިމެނެނީ، ބޫޓާން، ސްރީލަންކާ އަދި މުބާރާތް ބާއްވާ ޤައުމު ނޭޕާލްއެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ އަންހެން ޓީމުގެ ކޯޗަކަށް ވަނީ ސާބިއާގެ ތަޖުރިބާކާރު ކޯޗު ޑޭވޯ ބާބާ ހަމަޖައްސާފައެވެ. އޭނާގެ އިރުޝާދުގެ ދަަށުން ޤައުމީ އަންހެން ޓީމުން ވަނީ ގަލޮޅު ދަނޑުގައި އެކުވެރިކަމުގެ ތިން މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެއް މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ.

17 އަހަރުން ދަށުގެ ފިރިހެން ސާފް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 5 ން 14 އަށް ސްރީލަންކާގައެވެ. މި މުބާރާތުގައި ވާދަކުރަނީ ދެކުނު އޭޝިއާގެ ހަ ޤައުމަކުންނެވެ. ޕާކިސްތާނުން މުބާރާތުގައި ވާދައެއް ނުކުރެއެވެ.

މުބާރާތުގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝް އަދި ސްރީލަންކާއާއެކު ގްރޫޕް އޭގައެވެ. ގްރޫޕް ބީގައި އޮތީ، ބޫޓާނައި އިންޑިއާގެ އިތުރުން ނޭޕާލްއެވެ. މިއީ 17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއިން ވާދަ ކުރާ ފަސް ވަނަ ފަހަރެވެ.

ސާފް ޗެމްޕިއަންޝިޕްގެ 20 އަހަރުން ދަށުގެ މުބާރާތުގައި މިހާރު ރާއްޖެއިން އަންނަނީ ވާދަކުރަމުންނެވެ. އިންޑިއާގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް