ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 08:25
2019 ވަނަ އަހަރު އޮތް އިންޓަރ ރިސޯޓު މުބާރާތުގެ ތެރެއިން
2019 ވަނަ އަހަރު އޮތް އިންޓަރ ރިސޯޓު މުބާރާތުގެ ތެރެއިން
ވީއޭއެމް
އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތް
މެދުކެނޑުމަކަށްފަހު އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތް އޮގަސްޓު 18ގައި
 
ކޯވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން 2020 އަދި 2021ގައި މުބާރާތް ބާއްވާފައެއް ނުވޭ

އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތް އޮގަސްޓު 18ގައި ބާއްވަން ނިންމައިފިއެވެ.

މިއީ ވޮލީބޯޅަ ސީޒަންގެ އެންމެ ފޯރިގަދަ އެއް މުބާރާތެވެ. މިއަހަރު ބާއްވާނީ މީގެ 25 ވަނަ މުބާރާތެވެ. އެންމެ ފަހުން މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އެއަހަރުގެ މުބާރާތް ކާމިޔާބުކުރީ ބަޑޮސް އައިލެންޑު ރިސޯޓެވެ. އޭގެ ކުރިން އެ ޓީމު ވަނީ 2018 ވަނަ އަހަރުގެ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ކޯވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން 2020 އަދި 2021 ގައި މުބާރާތް ބާއްވާފައެއް ނުވެއެވެ. އެހެންކަމުން މިއަހަރު ބަޑޮސް ޓީމު ނުކުންނާނީ ތަށި މިލްކުކުރާށެވެ.

މިއަހަރުގެ މުބާރާތް ވެސް ކުރިއަށް ގެންދާނީ އެހެން އަހަރުތަކާ އެއްގޮތަށެވެ. އެއީ ފުރަތަމަ ޒޯން ބުރު ކުޅޭ ގޮތަށެވެ. އޭގެ ފަހުން އޮންނާނީ ޗެމްޕިއަނުންގެ މެދުގައި ކުރިއަށްދާ ބުރެވެ. މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމެއްގައި ވެސް ޤައުމީ ޓީމަށް ނިސްބަތްވާ ދެ ކުޅުންތެރިޔަކު ހިމެނޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް