Advertisement
ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 05:32
މޫސާ މަނިކު
މޫސާ މަނިކު
ރާއްޖެއެމްވީ
އެމްޑީޕީ ތެރޭގައި ހިނގާ ދެބަސްވުންތައް
މިފަދަ ދަނޑިވަޅެއްގައި އެމްޑީޕީގައި ހަރުދަނާ ސިޔާސަތެއް އޮންނަންޖެހޭ: މޫސަ
މީގެ ކުރިން ޕާޓީ ތެރޭގައި ހިނގާ ކަންކަން އާންމު މެމްބަރުންނާ ހަމައަށް ނުދާނެ

މިފަދަ ދަނޑިވަޅެއްގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ތެރޭގައި ހަރުދަނާ ސިޔާސަތުތަކެއް އޮތުން މުހިންމު ކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީ ތެރޭގައި އެކި މައްސަލަތައް ފެންމަތިވަމުން އަންނަތާ އަހަރުތަކެއް ވެފައިވާކަމަށެވެ. މި ސަރުކާރު ވުޖޫދަށް އައި ފަހުންވެސް މިފަދަ މައްސަލަތަކެއް ފެންމަތިވެފައިވާކަމަށާއި، އޭގެ ތެރޭގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭބޭފުޅުންގެ އިތުބާރު ނެތް ކަމަށް ހުށަހެޅުންފަދަ ކަންކަން މޫސަ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

މޫސަ ވިދާޅުވީ ޕާޓީގެ އެތެރޭގައި ހިނގާ ކަންކަން ޕާޓީގެ ބޯޑަރު ހުރަސްކޮށް ބޭރަށް ދިއުމަކީ އޭނާގެ ޗެއަރޕަރސަން ކަމުގައި ކުރިޔަދިން ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް މިހާރު އެމްޑީޕީގެ އާންމު މެމްބަރުންނަށް މިކަންކަން ވަރަށް ބޮޑަށް ފެންނަމުންދާކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންމިދާ ކަންކަމަކީ އައު ކަންކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް މިއީ އެމްޑީޕީގެ ތެރެއަށް ވަރަށް އައު ކަމެއް ކަމަށާއި، މިފަދަ ދަނޑިވަޅެއްގައި ޕާޓީގެ ލީޑަރޝިޕުގައި ވަރަށް ހަރުދަނާ އުސޫލުތަކެއް އޮންނަންޖެހޭނެކަމަށް މޫސަ ވިދާޅުވިއެވެ.

ވާހަކަދައްކައިގެން ކަންކަން ހައްލު ނުކުރެވޭ ހިސާބަށް ދިޔައީމަ ފިޔަވަޅު އެޅުން އޮންނާނެ.
މޫސާ މަނިކު

މޫސަ ވިދާޅުވީ ކުރިއަށް މިއޮތީ ރިޔާސީ އިންތިޚާބު ކަމަށާއި، އެމްޑީޕީ ފުނޑުފުނޑުވެގެންދާން އިދިކޮޅުން އަބަދުވެސް ވަރަށް ބޭނުންވާކަމަށެވެ. އަދި މި ދަނޑިވަޅުގައި ޕާޓީ ފުނޑުފުނޑުވެދިޔަ ނުދިނުމަށް މޫސަ ވަނީ އެމްޑީޕީގެ ލީޑަރޝިޕަށް ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް