ކ. މާލެ
|
15 ޖޫން 2017 | ބުރާސްފަތި 08:31
ސޯޝަލް މީޑިއާގައި ދިިރިއުޅުމުގެ ކަންކަން ހިއްސާކުރުމަކީ ބައެއް މީހުން އުފަލެއްގެ ގޮތުގައި ދެކޭ
ސޯޝަލް މީޑިއާގައި ދިިރިއުޅުމުގެ ކަންކަން ހިއްސާކުރުމަކީ ބައެއް މީހުން އުފަލެއްގެ ގޮތުގައި ދެކޭ
ގޫގުލް
ޒަވާޖީ ހަޔާތް
ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ
އުފާވެރި ޒަވަޖީ ހަޔާތެއްނަމަ އެހެން މީހުން ދެކޭގޮތް މުހިއްމެއްނޫން
ދެމީހުންގެ ދެމެދުގައި ހިނގާ ދެބަސްވުންތައް ސޯޝަލް މީޑިއާގައި ހިއްސާކުރާކަށް ނުޖެހޭ
އެހެންމީހުންގެ ސަމާލުކަން ހޯދުމުގެ ބަދަލުގައި އަމިއްލައަށް ވާހަކަ ދައްކައިގެން ކަންކަން ހައްލުކުުން ބުއްދިވެރި

ތީން ކޮންމެ މީހެއްގެ ވެސް ރަށްޓެހިން ތެރެއިން ކޮންމެވެސް އެކަކު އަބަދުވެސް އޭނާގެ ދިރިއުޅުމުގެ އަދި ޒަވާޖީ ހަޔާތުގެ ކަންކަން ސޯޝަލް މީޑިއާގައި އަބަދުމެ ޕޯސްޓް ކުރޭ ހެއްޔެވެ؟ ބަލާނެ ކަމެއް ނެތެވެ. އޭނާގެ ދިރިއުޅުން އުފާވެރިއެއް ނޫނެވެ. އެއީ ދެއްކުންތެރިކަމެވެ.

 

ރިސާޗްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އުފާވެރި ހަޔާތެއް ވޭތުކުރާ ދެމަފިރިން ސޯޝަލް މީޑިއާގައި، ޕޯސްޓްތައް ކުރާލެއް މަދެވެ. އަދި ގިނަ ގިނައިން ޕޯސްޓްތައް ކުރާ މީހުންނަކީ އަމިއްލަ ދިރިއުޅުމަށް ވުރެ ބޮޑަށް މީހުންގެ ސަމާލުކަން ހޯދުމުގައި ވަގުތުތައް ބޭކާރު ކުރާ މީހުންނެވެ.

 

އުފާވެރި ޒަވަޖީ ހަޔާތެއް ނަމަ އެހެން މީހުން ދެކޭ ގޮތް މުހިއްމުތަ؟

ތިބާގެ ހަޔާތް އުފާވެރި ނަމަ، ކޮންމެހެން އެކަން ސޯޝަލް މީޑިއާއަށް އެނގޭކަށް ނުޖެއެވެ. އަދި އެހެންމީހުން އެމީހުންނާ މެދު ދެކޭ ގޮތް ވެސް މުހިއްމެއް ނޫނެވެ. އަދި ޒަވާޖީ ހަޔާތް އުފާވެރިކޮށް ވޭތުކޮށް، އެކަކު އަނެކަކަށް ދޭ ވަގުތަށް ވުރެ ސޯޝަލް މީޑިއާއަށް ކޮން ބޭކާރު ވަގުތެއް ހޭދަކުރާކަށް ހެއްޔެވެ؟ ގޮތްގޮތަށް ޕޯސްކޮށް ފޮޓޯ ނެގުމާއި، ސަކަރާތްޖެހުމަށް ވަގުތު ބޭކާރުކުރުމަށް ވުރެ އެމީހުނަށް މުހިއްމީ އެކުގައި އުފާވެރި ވަގުތުކޮޅެކެވެ.

 

ދެމީހުންގެ ދެމެދުގައި ހިނގާ ދެބަސްވުންތައް ސޯޝަލް މީޑިއާގައި ހިއްސާކުރަން ޖެހޭތަ؟

 

ކޮންމެ ދެމަފިރިއެއްގެ ދެމެދުގައި ވެސް މައްސަލަތައް ހުންނާނެއެވެ.  އެކަމަކު އެ މައްސަލަތައް ސޯޝަލް މީޑިއާގައި ހިއްސާކުރާ މީހުން މަދެއް ނޫނެވެ. އެކަމަކު އެކަން ކުރުމަކީ ރަނގަޅުކަމެއް ތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްބަލާށެވެ. ތިބާގެ އަމިއްލަ ދިރިއުޅުމުގެ މައްސަލައެއް ހައްލުކުރަން ދުރުން މީހަކު އަންނާނެހެއްޔެވެ؟ މައްސަލަ ހައްލުކުރާނީ ސޯޝަލް މީޑިއާއަކުން ނޫނެވެ. ދެމީހުން ވހަކަދައްކައި އެކުގައި ވަގުތު ހޭދަކޮށްގެންނެވެ.

 

އެހެންމީހުންގެ ސަމާލުކަން ހޯދުމުގެ ބޭނުމަކީ ކޮބާ؟

ތިޔައީ އުފާވެރި ދެމަފިރިންނަމަ ދެމީހުންގެ ކަންކަމުގައި އެހެން މީހުންގެ ފާޑުކިއުން ހޯދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ހިތްވަރު ހުރި ދެމަފިރިން ނަމަ އެހެންމީހުންގެ ކޮމެންޓްތަކަކަށް ބަލާކަށް ނުޖެހެއެވެ. އަމިއްލަ އަށް ކަންކަން ހައްލުކުރާށެވެ. ހުރިހާ ވެސް ކަމަކީ އެކަކު އަނެކެއްގެ ވާހަކަތައް އަޑުއެހުމެވެ. އެކީގައި ވަގުތު ހޭދަކުރުމެވެ. ޖެހޭ މައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރުމެވެ.

 

އުފާވެރި ޒަވާޖީ ހަޔާތެއް ވޭތުކުރާ ދެމަފިރިން ނަމަ އެކަކު އަނެކެއްގެ ވަގުތުތައް އެކުގައި ހޭދަކުރުމަށް ސަމާލުކަން ދޭނެއެވެ. ބޭކާރު ގޮތުގައި ސޯޝަލް މީޑިއާއަށް ވަގުތު ހުސްކުރުމަށްވުރެ، ބައިވެރިޔާއަށް ވަގުތު ދިނުން މުހިއްމު ކަމަށް ދެކޭނެއެވެ. ސޯޝްމީޑިއާގައި ސްޓޭޓަސްތައް ލިޔެ އެހެން މީހުންގެ ސަމާލުކަން ހޯދަމުން ބޭކާރު ގޮތުގައި ވަގުތު ހޭދައެއް ނުކުރާނެއެވެ.

- ކޮމެންޓް