ކ. މާލެ
|
28 ޖުލައި 2022 | ބުރާސްފަތި 08:53
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ރައީސް އޮފީސް
ފަތުރުވެރިކަން
ރާއްޖޭގެ އިގްތިސާދު އިގްތިސާދަކަށްވީ ފަތުރުވެރިކަމުން: މައުސޫމް
ގައުމީ އުފެއްދުންތެރިކަމުގެ 45 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަމުން
މުޅި ރާއްޖޭގެ ހިއްސާ ފަތުރުވެރިކަމުގައި އެބައޮތް

ދިވެހިރާއްޖޭގެ އިގްތިސާދު އިގްތިސާދަކަށްވީ ފަތުރުވެރިކަމުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމަކީ ރާއްޖެގެ އިގްތިސާދުގެ އެންމެ މުހިންމު އެއް ބައި ކަމަށެވެ. މުޅި ރާއްޖެއަށް މިއަދު އަންނަމުންދާ ތަރައްގީއަކީ ފަތުރުވެރިކަމުގެ ތެރެއިން އަންނަ އެއްޗެއް ކަމަށެވެ. އަދި މީގައި އެންމެ މުހިންމު އެއް ކަމަކީ މިކަމުން ރައްޔިތުންނަށް ކުރާ ފައިދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގައުމީ އުފެއްދުންތެރިކަމަށް ފަތުރުވެރިކަމުން ސީދާ ހިއްސާކުރާ މިންވަރު ހުރީ 45 އިންސައްތައަށްވުރެ މަތި ކަމަށެވެ. ނުސީދާކޮށް ހިއްސާކުރާ މިންވަރު 80 އިންސައްތައަށްވުރެ މަތި ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި މުޅި ރާއްޖެ ހިމެނޭ ކަމުގައި މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޓޫރިޒަމަކީ މުޅި ރާއްޖޭގެ އިގްތިސާދު ކަމަށެވެ. މަސްވެރިކަމާ ޓޫރިޒަމާވެސް ވަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށާއި، މިހާރުވެސް ގޭމް ފިޝިންއަކީ ޓޫރިޒަމްގެ އެއެ ކޮމްޕޯނެންޓް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދިވެހިންގެ މަސްވެރިކަން ބަލާލުންވެސް މި ކަންތައްތަކުގެ ތެރޭގައި ހިމެނުމަށް މަސައްކަތްކުރައްވަމުންދާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދުގެ އެންމެ މައި ސިނާއަތަކީ ފަތުރުވެރިކަމަށް ވާއިރު، ސަރުކާރުން ގެންދަނީ މި ސިނާއަތް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެހެން ގައުމުތަކުގައި ރާއްޖެ އިޝްތިހާރުރުކުރުމާއި، ފަތުރުވެރިކަމުގެ ކޮމްޕޯނަންޓްތައް އިޝްތިހާރުކުރުން ހިމެނެއެވެ.

- ކޮމެންޓް