ކ. މާލެ
|
27 ޖުލައި 2022 | ބުދަ 21:16
ފިޔާތޮށި ޖަވާހިރު
ފިޔާތޮށި ޖަވާހިރު
އޭޕީ
އެންގޯލާއިން 170 ކެރެޓުގެ ފިޔާތޮށި ޖަވާހިރެއް ހޯދު
އެންގޯލާއިން 170 ކެރެޓުގެ ފިޔާތޮށި ޖަވާހިރެއް ހޯދައިފި
 
މިއީ ފާއިތުވި 300 އަހަރު ތެރޭގައި ހޯދާފައިވާ އެންމެ ބޮޑު ފިޔާތޮށި ޖަވާހިރު

އެންގޯލާއިން 170 ކެރެޓުގެ ފިޔާތޮށި ޖަވާހިރެއް ހޯދައިފިއެވެ.

މިއީ ފާއިތުވި 300 އަހަރު ތެރޭގައި ފެނިފައިވާ އެންމެ ބޮޑު ފިޔާތޮށި ޖަވާހިރުކަމަށްވެއެވެ. މި ޖަވާހިރަށް ދީފައިވަނީ "ލޫލޯ ރޯޒް" އެވެ. އެއީ އެ ޖަވާހިރު ފެނިފައިވަނީ އެންގޯލާގެ ލޫލޯ ނަމަކަށްކިޔާ މައިން އަކުން ކަމަށްވާތީއެވެ.

މީގެކުރިން ވެސް އެންގޯލާއިން ފެނުނު އެންމެ ބޮޑު ދެ ޖަވާހިރުވެސް ހޯދާފައި ވަނީ ލޫލޯ މައިން އިން ނެވެ. މީގެ ތެރޭގައި 404 ކެރެޓުގެ ސާފު ޖަވާހިރެއްވެސް ހިމެނެއެވެ. މި ފިޔާތޮށި ޖަވާހިރަކީ އެ މައިނުން ފެނުނު ފަސްވަނައަށް އެންމެ ބޮޑު ޖަވާހިރެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އެ ޖަވާހިރު ވިއްކާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން، ޖަވާހިރު ވިއްކާނީ މުޅި ދުނިޔެއަށް ބިޑު ހުޅުވާލައިގެން ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
50%
50%
0%
0%
ކޮމެންޓް