Advertisement
ކ. މާލެ
|
27 ޖުލައި 2022 | ބުދަ 16:52
ގެވެށި އަނިޔާ
ގެވެށި އަނިޔާ
ފާތިމަތު ޝަނާ މުހައްމަދު
ގެވެށި އަނިޔާގެ މައްސަލަ
3 މަސް ތެރޭގައި ގެވެށި އަނިޔާގެ 169 މައްސަލައެއް
ޖުމްލަ 219 މީހަކަށް ގެވެށި އަނިޔާ ލިބިފައިވާކަމަށް ރިޕޯޓްކޮށްފައިވޭ
އެންމެ ގިނައިން އަނިޔާ ލިބިފައިވަނީ އަންހެނުންނަށް
އަނިޔާ ދިން 187 މީހެއްގެ މައްސަލަ ވަނީ ހުށަހަޅާފައި

މިއަހަރުގެ ދެވަނަ ކުއާޓަރގެ 3 މަސްދުވަހުގެ ތެރޭގައި ގެވެށި އަނިޔާގެ 169 މައްސަލަ ހުށަހަޅާފައިވާކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ ދެވަނަ ކުއާޓަރގައި ޖުމްލަ 169 މައްސަލަ ހުށަހަޅައިފައި ވީނަމަވެސް, ރިފަރެލްސްތައް ހިމެނޭގޮތަށް 188 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. ރިފަރަލްއަކީ އެއް އިދާރާއަކުން އެހެން އިދާރާތަކަށް ހުށަހަޅާ މައްސަލަތަކެވެ. މީގެ ތެރޭގައި އެއް މައްސަލައެއް، އެއް އިދާރާއަކަށްވުރެ ގިނަ އިދާރާއަކުންވެސް ހުށަހަޅާފައިހުރެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރިފަރަލްސްގެ ގޮތުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން 100 މައްސަލައެއް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހެޅިއެވެ. އަދި ފުލުހުންގެ ފަރާތުން 65 ރިފަރެލްއާއި، ސިއްހީ ޚިދުމަތްތެރިންގެ ފަރާތުން 9 ރިފަރެލްއެއް އެ އޮތޯރިޓީއަށް ލިބިފައިވާކަމަށް ބުނެފައިވާއިރު، 4 މައްސަލައެއް ސީދާ އެ އޮތޯރިޓީއަށް ލިބިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރގައި ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން 68 އިންސައްތަ މައްސަލަ ހުށަހަޅާފައިވަނީ މާލެ ސަރަހައްދުންނެވެ. އެއީ 128 މައްސަލައެވެ. މާލޭގެ އިތުރުން ބ އަތޮޅާއި އއ އަތޮޅާއި އައްޑޫ ސިޓީން ވެސް ގިނަ މައްސަލަތަކެއް ވަނީ އެ އޮތޯރިޓީއަށް ހުށަހަޅާފައެވެ.

Advertisement

ދެވަނަ ކުއަރޓަރގައި 169 މައްސަލައެއް ހުށަހަޅާފައިވާއިރު، އެ މައްސަލަތަކުގައި 219 މީހަކަށް ގެވެށި އަނިޔާ ލިބިފައިވާކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ރިޕޯޓްކުރެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި އަންހެން ކުދިންނެވެ. އެގޮތުން މި މުއްދަތުގައި 18 އަހަރުން މަތީގެ 112 އަންހެނަކަށް ގެވެށި އަނިޔާ ލިބިފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު، 18 އަހަރުން ދަށުން 55 އަންހެން ކުދިންނަށް ގެވެށި އަނިޔާ ލިބިގެން ވަނީ ރިޕޯޓް ކޮށްފައެވެ.

މީގެ އިތުރުން 18 އަހަރުން މަތީގެ 22 ފިރިހެނަކަށް ގެވެށި އަނިޔާ ލިބިގެން ރިޕޯޓް ކޮށްފައިވާއިރު 18 އަހަރުން ދަށުގެ 25 ފިރިހެން ކުއްޖަކަށް ގެވެށި އަނިޔާ ލިބުނުކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

ގެވެށި އަނިޔާ ހިންގިކަމަށް ރިޕޯޓް ކޮށްފައިވަނީ 187 މީހުންގެ މައްސަލައެވެ. އެއީ 155 ފިރިހެނުންނާއި 32 އަންހެނުންނެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފައިވާ ގޮތުގައި އެ އޮތޯރިޓީއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން، ޖިސްމާނީ އަނިޔާގެ 117 މައްސަލައެއް ހުށަހަޅާފައިވާއިރު، ނަފްސާނީ އަނިޔާއާއި ބަހުގެ ހަމަލާ ދިނުމުގެ 116 މައްސަލައަކާއި، ބިރުދެއްކުމުގެ 83 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް