ކ. މާލެ
|
26 ޖުލައި 2022 | އަންގާރަ 22:37
މުބާރާތުގައި ޖަޕާނާއި ޗައިނާ ބައްދަލުކުރި މެޗުގެ ތެރެއިން
މުބާރާތުގައި ޖަޕާނާއި ޗައިނާ ބައްދަލުކުރި މެޗުގެ ތެރެއިން
ރޮއިޓާރސް
އީސްޓް އޭޝިއަން ޗެމްޕިއަންޝިޕް
އީސްޓް އޭޝިއަން ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަން ޖަޕާނުން ކާމިޔާބުކޮށްފި
މި މުބާރާތް ޖަޕާނުން ކާމިޔާބުކުރީ ދެވަނާގައި އޮތް ޗައިނާއަށްވުރެ ދެޕޮއިންޓުގެ ލީޑަކުން
ތިންވަނަ ހޯދީ ދެކުނު ކޮރެއާ

އީސްޓް އޭޝިއަން ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޖަޕާނުގެ އަންހެން ފުޓްބޯޅަ ޓީމުން ކާމިޔާބުކޮށްފިއެވެ.

ޖަޕާނުން މުބާރާތް ކާމިޔާބުކުރީ ފަހު މެޗުގައި ޗައިނާއާއި އެއްވަރުކޮށްގެންނެވެ. ޖަޕާނާއި ޗައިނާ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށް ގެންދިޔަ މި މުބާރާތް ޖަޕާނުން ކާމިޔާބުކުރީ ދެވަނައިގައި އޮތް ޗައިނާއަށްވުރެ ދެޕޮއިންޓުގެ ލީޑަކުންނެވެ. ޗައިނާއަށް މުބާރާތުގެ ދެވަނަ ލިބުނުއިރު، ތިންވަނަ ހޯދީ ދެކުނު ކޮރެއާއެވެ.

ޖަޕާނާއި ޗައިނާ ބައްދަލުކުރި މެޗުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޖަޕާނުގެ ރިކޯއަށެވެ. ޗައިނާގެ ކީޕަރު ކައިރިން ނައްޓާލާފައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މިއީ ޖަޕާނުން މި މުބާރާތް ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. މިއާއެކު ޖަޕާނުވެފައިވަނީ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ގައުމަށެވެ. ޖަޕާނު ފިޔަވާ އެންމެ ގިނަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވަނީ އުތުރު ކޮރެއާއިންނެވެ. އުތުރު ކޮރެއާއިން ތިން ފަހަރު މުބާރާތް ކާމިޔާބުކުރިއެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގައި އެގައުމު ބައިވެރިނުވެއެވެ.

- ކޮމެންޓް