ކ. މާލެ
|
25 ޖުލައި 2022 | ހޯމަ 07:08
ބަންޑުން ޖަހާލި ބޯޓު މަތީގައި ތިބި މީހުން
ބަންޑުން ޖަހާލި ބޯޓު މަތީގައި ތިބި މީހުން
އަލްޖަޒީރާ
ބޯޓެއް ބަންޑުން ޖަހާލުން
ބަހާމާސް ކައިރިއަށް ބޯޓެއް ބަންޑުން ޖަހާލާ 17 މީހުން މަރުވެއްޖެ
މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭ

ހައިޓީގެ އާންމުންތަކެއް ދަތުުރުކުރަމުން ދިޔަ ބޯޓެއް ބަހާމާސް ކައިރިއަށް ބަންޑުން ޖަހާލާ ހިނގި ހާދިސާގައި 17 މީހަކު މަރުވެއްޖެއެވެ.

ބަހާމާސްގެ ކަމާއިގުޅޭ އިދާރާތަކާއި ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވަނީ ގޭންގުތަކުގެ ނުރައްކަލާއި ފަގީރުކަމުން ސަލާމަތްވުމަށް އެެމެރިކާއަށް ދިއުމަށް ދަތުރުކުރަމުން ދިޔަ މިބޯޓު ބަހާމާސްގެ އައްސޭރި ސަރަހައްދަށް ބަންޑުން ޖަހާލާފައިވަނީ އާދިއްތަ ދުވަހު ކަމަށެވެ.

ބޯޓު ބަންޑުން ޖަހާލި ސަރަހައްދުގައި އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ޓީމަށް 17 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު މީގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ. 25 މީހަކު ސަލާމަތްކުރެވިފައިވާ ކަމަށް ބަހާމާސްގެ ބޮޑުވަޒީރު ފިލިޕް ޑޭވިސް ވަނީ ވިދާޅުވެފައެވެ. ޑޭވިޑް ވިދާޅުވީ ގަބޫލުކުރެވޭ ގޮތުގައި އެމީހުން ދަތުރުކުރަމުން ދިޔައީ ސްޕީޑް ބޯޓެއްގައި މިއާމީއަށެވެ. އެ ބޯޓުގައި 60 ވަރަކަށް މީހުން ތިބިކަމަށް ލަފާކުރެވޭ އިރު، ބައެއް މިހުން އަދިވެސް ނުފެންނަ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

ބަހާމާސްގެ އިދާރާތަކުން ބުނީ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި އެ ދެމީހުންނަކީ ވެސް ބަހާމާސްއަށް ނިސްބަތްވާ މީހުން ކަމަށާއި، އެމީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ އިންސާނީ ވަގުފާރި ކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ. ބަންޑުން ޖަހާލި ބޯޓުގައި ތިބީ ހައިޓީގެ މީހުން ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

ބަހާމާސްގެ ފުލުހުން ބުނީ ބޯޓު ބަންޑުން ޖަހާލާފައިވަނީ ނިއު ޕްރޮވިޑެންސާއި 7 މޭލު ދުރުން ކަމަށެވެ.

ބަހާމާސް އަކީ އެމެރިކާއަށް އެތެރެވުމަށް މަސައްކަތް ކުރާ ހައިޓީން ދަތުރުކުރާ މަގެކެވެ. އަދި ފާއިތުވި އަހަރުތަކުގެ މިފަދަ އިތުރު ހާދިސާތަކެއް ވެސް ވަނީ ހިނގާފައެވެ.

- ކޮމެންޓް