ކ. މާލެ
|
22 ޖުލައި 2022 | ހުކުރު 12:59
އެމެރިކާގެ މީޑިއާ ޓީމަށް ކުރިއަށް ގެންދިޔަ ފެމިލިއަރައިޒޭޝަން ދަތުރުގެ ބައިވެރިން
އެމެރިކާގެ މީޑިއާ ޓީމަށް ކުރިއަށް ގެންދިޔަ ފެމިލިއަރައިޒޭޝަން ދަތުރުގެ ބައިވެރިން
އެމްއެމްޕީއާރްސީ
ފެމިލިއަރައިޒޭޝަން ދަތުރު
ހައި-އެންޑް އެޑްވެންޗާސް އިން ދަ މޯލްޑިވްސް ތީމްގެ ދަށުން އެމްއެމްޕީއާރުސީއިން އެމެރިކާގެ މީޑިއާ ޓީމަށް ކުރިއަށް ގެންދިޔަ ފެމިލިއަރައިޒޭޝަން ދަތުރު ނިންމާލައިފި
އެމެރިކާގެ މީޑިއާ ޓީމް ރާއްޖެ އައީ 13 ޖުލައިގަ
ރާއްޖޭގެ ރިޒޯޓުތަކުން ލިބެންހުރި މަތީ ފެންވަރުގެ އެކޮމޮޑޭޝަންތަކާއި، ގޭސްޓްރޮނޮމީ، ވެލްނެސް، ވޯޓާސްޕޯޓްސް ފަދަ ތަފާތު ތަޖުރިބާތައް އެމެރިކާ މާކެޓަށް ދައްކާލާ، ބޮޑު ކަވަރޭޖެއް ލިބުނު

"ހައި-އެންޑް އެޑްވެންޗާސް އިން ދަ މޯލްޑިވްސް"ގެ ތީމްގެ ދަށުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިއަށް ގެންދިޔަ ފެމިލިއަރައިޒޭޝަން ދަތުރު ނިންމާލާ، އެމެރިކާގެ މީޑިއާ ޓީމެއް ރާއްޖެއިން ފުރައިފިއެވެ.

އެމްއެމްޕީއާރުސީގެ ދައުވަތަކަށް މި ދަތުރުގައި ބައިވެރިވި އެމެރިކާގެ މީޑިއާ ޓީމް ރާއްޖެ އައީ 13 ޖުލައިގައެވެ. މިދަތުރު ކުރިއަށް ގެންދިޔައީ 20 ޖުލައިގެ ނިޔަލަށެވެ. އެމެރިކާ މާކެޓުގެ ޢެފްލުއަންޓް އޯޑިއަންސަށް އަމާޒުކޮށްގެން ދުނިޔޭގެ ފެންވަރުގައި ހިންގާ ޕަބްލިކޭޝަންތަކުގެ އޮފިޝަލުންނާއެކު ކުރިއަށް ގެންދިޔަ މި ފެމިލިއަލައިޒޭޝަން ދަތުރުގައި ރާއްޖޭގެ ރިޒޯޓުތަކުން ލިބެންހުރި މަތީ ފެންވަރުގެ އެކޮމޮޑޭޝަންތަކާއި، ގޭސްޓްރޮނޮމީ، ވެލްނެސް، ވޯޓާސްޕޯޓްސް ފަދަ ތަފާތު ތަޖުރިބާތައް އެމެރިކާ މާކެޓަށް ދައްކާލާ، ބޮޑު ކަވަރޭޖެއް ލިބުނެވެ. މީގެ އިތުރުން، އިންޑިއާ ކަނޑުގައި ފެތުރިފައިވާ ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ރައްކާތެރިކަމާއި، ވަން އައިލެންޑް ވަން ރިޒޯޓުގެ ކޮންސެޕްޓުގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ އެންމެ ރައްކާތެރި އެއް ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި މި ދަތުރުގެ ޒަރިއްޔާއިން މާކެޓް ކުރިއެވެ.

މި ދަތުރުގައި ރާއްޖެ އައި އެމެރިކާގެ މީޑިއާ ޓީމް ތިބީ ޖޯލި މޯލްޑިވްސް ރިޒޯޓް، އަނަންތަރާ ކިހަވަށް ރިޒޯޓް އަދި ލަކްސް ސައުތު އަރި އަޓޯލްގައެވެ. މި ޓީމުން މި ރިޒޯޓުތަކުން ތަޖުރިބާކުރެވެން ހުރި ހައި-އެންޑް އެޑްވެންޗާރތަކާއި، ދުނިޔޭގެ ފެންވަރުގައި މަޤުބޫލުކަން ހޯދާފައިވާ ރާއްޖޭގެ މެހްމާންދާރީ އާއި ހޯސްޓް ޕްރޮޕަޓީތަކުން ލިބޭ ތަފާތު ކެއުންތައް ތަޖުރިބާކުރިއެވެ. މި ދަތުރުގެ ސަބަބުން އެމެރިކާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބުކިން އިތުރުވާނެ ކަމަށް ބެލެވެއެވެ.

މި އަހަރު މިހާތަނަށް، އެމެރިކާ އަކީ ރާއްޖެއަށް 6 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ މާކެޓެވެ. 29 ޖޫން 2022ގެ ނިޔަލަށް އެމެރިކާއިން ޖުމްލަ 39،016 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މި މުއްދަތުގެ ތެރޭގައި ރެކޯޑްކުރެވުނު ޖުމްލަ 809،603 އެރައިވަލްސްގެ %4.8 އެވެ. އެމްއެމްޕީއާރުސީއިން ދަނީ އެމެރިކާގެ މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. މި ގޮތުން ވޯތު މެގަޒިންއާއެކު ކުރިއަށް ގެންދިޔަ ކެމްޕެއިން، އަޓާ އެޑްވެންޗާއެލަވޭޓް 2022 ގައި ބައިވެރިވުން، އަދި އެމެރިކާގެ ޓްރެވަލް ޓްރޭޑަށް ވެބިނާރއެއް ހިންގުމުގެ އިތުރުން ގޯއަވޭއާއެކު ކުރިއަށް ގެންދިޔަ ކެމްޕެއިން ހިމެނެއެވެ. މި މާކެޓަށް އަމާޒުކޮށްގެން މިހާރު ވެސް ކުރިއަށްދާ ކެމްޕެއިންތަކުގެ ތެރޭގައި އަސްޓާ އަދި އައިޑީ ޓްރެވަލް ގްރޫޕާއިއެކު ކުރިއަށް ގެންދާ ކެމްޕެއިން ހިމެނެއެވެ. މި މާކެޓަށް އަމާޒުކޮށް މި އަހަރު ކުރިއަށް އޮތްތަނުގައިވެސް އެކި ހަރަކާތްތައް ހިންގުމަށް އެމްއެމްޕީއާރުސީއިން ވަނީ ތާވަލްކޮށްފައެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021 ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.

- ކޮމެންޓް