ކ. މާލެ
|
20 ޖުލައި 2022 | ބުދަ 15:40
މިއަހަރު ބޭއްވި ޖޫނިއަރ ޗެމްޕިއަންޝިޕްގެ ތެރެއިން
މިއަހަރު ބޭއްވި ޖޫނިއަރ ޗެމްޕިއަންޝިޕްގެ ތެރެއިން
އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް
އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް ބާއްވާނީ ޒޯންތަކަކަށް ބަހާލައިގެން - އެސޯސިއޭޝަން
މުބާރާތް ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ކަލަންޑަރުގައި ހިމަނާފައި

އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް މިއަހަރު ބާއްވާނީ ޒޯންތަކަކަށް ބަހާލައިގެންކަމަށް ނެޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

އެސޯސިއޭޝަންގެ ރައީސް ފަޒްނާ ޖަލީލް (ފަޒޫ) ވިދާޅުވީ, އެއީ 2019 ވަނަ އަހަރު އެސޯސިއޭޝަނާ ހަވާލުވުމަށްފަހު ނިންމާފައިވާ ނިންމުމެއްކަމަށެވެ. އެއަހަރު ޒޯންތަކަކަށް ބަހާލައިގެން މުބާރާތް ބާއްވަން ނިންމައި، މަސައްކަތް ފެށިނަމަވެސް ކޮވިޑްގެ ހާލަތު މެދުވެރިވުމާއެކު އެކަން ނުކުރެވުނީކަމަށް ފަޒްނާ ވިދާޅުވިއެވެ. ނަމަވެސް މިއަހަރު އަލުން އެމަސައްކަތް ފަށައި، ޒޯންތަކަކަށް ބަހާލައިގެން މުބާރާތް ބާއްވަން މަސައްކަތްކުރަމުން އަންނަކަމަށް ފަޒޫ ވިދާޅުވިއެވެ. 2019 ވަނަ އަހަރު މުބާރާތް ފަސްކުރަން ޖެހުނީ އެއް ޒޯންގައި މުބާރާތުގެ ގުރުނަގާ ހިސާބަށް ގޮސްފައިވަނިކޮށެވެ. އަދި ޓެކްނިކަލް މީހުން ތައްޔާރުކުރުމުގެ މަސައްކަތްވެސް އޭރު ފަށާފައިވާކަމަށް ފަޒޫ ވިދާޅުވިއެވެ.

މިއަހަރުވެސް ޓެކްނިކަލް މީހުން ބިނާކޮށްފަ ޒޯންތަކުން މީހުން ނަގައިގެން މުބާރާތް ބާއްވާނީ. މާލެއިން މީހަކު ދާނީ މޮނިޓަރކުރަން.
ފަޒްނާ ޖަލީލް/ ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް

މިއަހަރުގެ އިންޓަރ ސްކޫލް މުބާރާތް ބާއްވަން މިހާރު އެސޯސިއޭޝަނުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ކަލަންޑަރުގައިވެސް ހިމަނާފައެވެ. ނެޓްބޯޅައިގައި މިހާރު ކުރިއަށްދަނީ ގައުމީ މުބާރާތެވެ. މިއަހަރު އަދި ބެލެނިވެރިންގެ މުބާރާތްވެސް ކުރިއަށް އެބައޮތެވެ.

- ކޮމެންޓް